މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޕްރިންޓިންގ މެޓީރިއަލް ތައްޔާރުކޮށްދޭނެ ޕްރިންޓިންގ ޕާޓްނަރއެއް ބޭނުންވެއްޖެ

2016 ވަނަ އަހަރުގެ ޕްރިންޓިންގ މެޓީރިއަލް ތައްޔާރުކޮށްދޭނެ ޕްރިންޓިންގ ޕާޓްނަރއެއް ބޭނުންވެއްޖެ

މި ކޯޕަރޭޝަންގެ އިޢުލާން ނަންބަރު IUL)MMPRC-HAS/1/2015/55) އާ ހަވާލާދީ ދަންނަވަމެވެ.

މަތީގައި ހަވާލާ ދެވިފައިވާ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު މިކޯޕަރޭޝަނުން ކުރިއަށްގެންދާ އެކިއެކި ފެއަރ އަދި އިވެންޓްތަކަށް ބޭނުންކުރާނޭ ތަކެތި ޕްރިންޓްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާނާ ގުޅިގެން ފޯރުކޮށްދެވުނު މަޢުލޫމާތަކުގައި މައްސަލަ ހުރިކަމަށް ފާހަގަކުރެވޭތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި މަސައްކަތް ކޮށްދެވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 14 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 10.30 އަށް މި ކޯޕަރެޝަނަށް (ވެލާނާގެ، 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ޕްރޮޕޯޒަލް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

28 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ