މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ވިލިނގިލީއަވަށުގައި އިމާރާތް ކުރެވިފައިވާ ޕްރީ ސްކޫލް ހިންގައި ބެލެހެއްޓުން

ވިލިނގިލީއަވަށުގައި އިމާރާތް ކުރެވިފައިވާ ޕްރީސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ބީލަން ހުށަހެޅުމުގެ ދަޢުވަތު

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިލިނގިލީއަވަށުގައި އިމާރާތް ކުރައްވާފައިވާ ޕްރީސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓެއްގެ ދަށުން ހިންގައި ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީން ކުރެވުނު ނަންބަރު: IUL)22-PU/1/2015/382) އިޢުލާނާ ގުޅިގެން މިކަމަށް އެކަށީގެންވާ މިންވަރަށް އިޖާބަދީފައިނުވާތީ، އެ އިޢުލާން ބާތިލް ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް 24 ޑިސެންބަރު 2015 ގެ 14:00 އަށް ވެލާނާގޭގެ 8 ވަނަ ފަންގިފިލާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައި ބީލަން ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ޕްރީބިޑް މީޓިންގ 16 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި ވިލިނގިލީއަވަށުގެ ޕްރީސްކޫލުގައި އޮންނާނެއެވެ.

"ވިލިނގިލީއަވަށުގައި އިމާރާތް ކުރެވިފައިވާ ޕްރީސްކޫލް، މެނޭޖްމަންޓް ކޮންޓްރެކްޓްގެ ދަށުން ހިންގައި ބެލެހެއްޓުމުގެ ބީލަން" މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގޭގެ 8 ވަނަ ފަންގިފިލާއިން 10 ޑިސެންބަރު 2015 ން 15 ޑިސެންބަރު 2015 ވަނަ ދުވަހުގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން 12:00 އަށް މިމިނިސްޓްރީގެ ފައިނޭންސް ސެކްޝަނުން (ވެލާނާގޭގެ 08 ވަނަ ފްލޯ) ލިބިވަޑައިގަންނަވާނެއެވެ. ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ބީލަމެވެ. ބީލަންފޮތެއް ލިބެން ހުންނާނީ -/500 ރުފިޔާއަށެވެ.

26 ޞަފަރު 1437

10 ޑިސެންބަރު 2015
ހޯދާ