މަކުނުދޫ މަަދަރުސާ، ހދ. މަކުނުދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި މަދަރުސާގެ ނަންބަރު GS97/2015/39 ގެ އިޢުލާނަށް ކުރިމަތިލީ ފަރާތްތަކުން ހުށަހެޅި ލިޔުންތައް ފުރިހަމަނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

2016 ވަނަ އަހަރުގެ ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން 2016 ޑިސެންބަރު 31 ވަނަ ދުވަހުގެ ނިޔަލަށް މިމަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 21 ވާ ހޯމަދުވަހުގެ 1:00 އަށް މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 1:00ގައި އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

ކުންފުންޏެއްގެ ފަރާތުން ނުވަތަ އެހެން މީހެއްގެ ބަދަލުގައި މަޢުލޫމާތު ސާފުކުރައްވަން ނުވަތަ ބީލަން ހުށަހަޅުުއްވަން ހާޒިރުވެލައްވާ ފަރާތްތަކުން އެބޭފުޅަަކު ތަމްސީލު ކުރައްވަނީ ކޮން ފަރާތެއްކަން އެނގޭނެ ސިޓީިއެއް ހުށަހަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތެއްވެސް ތަމްސީލުކުރެވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމަށް ހާޒިރުވެނުލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. އަދި ވިޔަފާރި އުސޫލުން ރަޖިސްޓަރީކޮށްފައިނުވާ، އެއްވެސް ފަރުދަކަށްވެސް، ކުންފުންޏަކަށްވެސް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިމަދަރުސާގެ ނަންބަރު 6520529 އަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ.

10 ޑިސެންބަރު 2015
ހޯދާ