މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އެސިސްޓެންޓް ކަރަންޓީން އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:  އެސިސްޓެންޓް ކަރަންޓީން އޮފިސަރ                              ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ:

މަހަކު -/4465

ސަރވިސް އެލަވަންސް:

މަހަކު -/1500 ރުފިޔާ

ކްލެސިފިކޭޝަން:

އ. ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް:

ޖީ. އެސް. 3

 

 

ސްޕެޝަލް ޑިއުޓީ އެލަވަންސް:

މުސާރައިގެ %35

އޮފީސް:

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ

ޑިވިޜަން/ސެކްޝަން

ޕްލާންޓް އެންޑް އެނިމަލް ހެލްތު މެނޭޖްމެންޓް

މަސައްކަތް ކުރަންޖެހޭ ތަން:

ހުޅުލެ

މަޤާމުގެ ޝަރުޠު:

 

1- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2-  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ކުރަންޖެހޭ މައިގަނޑު މަސައްކަތް:

  • ރާއްޖެ އެތެރެކުރެވޭ ގަސްގަހާގެއްސާއެކު ގެންނަންޖެހޭ ފައިޓޯސެނިޓަރި ސެޓްފިކެޓް އޮއްތޯ ބަލައި، އެ ސެޓްފިކެޓްގައިވާގޮތަށް ގަސްތަކުގައި އެއްވެސް ބައްޔެއް ޖެހިފައި ހުރިތޯ ބަލައި، ބައްޔެއް ނެތްނަމަ ދޫކުރުމާއި، ބައްޔެއް ހުރިނަމަ، ކަރަންޓީން ކުރުން.
  • ރާއްޖެ އެތެރެކުރެވޭ ދިރޭ ޖަނަވާރާއެކު ގެންނަންޖެހޭ ވެޓެރިނަރީ ސެޓްފިކެޓް އޮތްތޯ ބަލައި، އެ ސެޓްފިކެޓްގައިވާގޮތަށް ޖަނަވާރަށް އެއްވެސް ބައްޔެއް ޖެހިފައި ހުރިތޯ ބަލައި، ބައްޔެއް ނެތްނަމަ ދޫކުރުމާއި، ބައްޔެއް ހުރިނަމަ ކަރަންޓީން ކުރުން.
  • ކަރަންޓީން ކުރެވޭ ތަކެތީ ތެރެއިން ނައްތައިލަންޖެހޭ ތަކެތި، ހަމަޖެހިފައިވާ އުޞޫލުގެމަތިން ނައްތައިލުން.
  • ރާއްޖެއަށް އެތެރެކުރެވޭ ގަސް، ގަސްގަހާގެހީގެ ބައިތައް، ދިރޭ ޖަނަވާރު، ދިރޭ މަސްމަހާމެހި، ދޫނިސޫފާސޫފި އަދި މިނޫނަސް ކޮރަންޓައިން ނުވަތަ ރެގިއުލޭޓެޑް އާޓިކަލްސްތަކުގެ ތަފްސީލު ބެލެހެއްޓުމާއި، ހިސާބު ބެލެހެއްޓުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

- ލިބިފައިވާ ތަޢުލީމާއި ތަމްރީން.

- ގަސްގަހާގެއްސާއި ޖަނަވާރު ކަރަންޓީން ކުރުމާބެހޭ މަޢުލޫމާތު ލިބިފައިވާ މިންވަރު.

- ސިވިލް ސަރވިސްގެ ޤަވާއިދަށް އަހުލުވެރި މިންވަރު.

ޢިނާޔަތްތައް:

ސިވިލް ސަރވިސް ވަޒީފާ އަދާކުރާ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން

  1. އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  2. އެސިސްޓެންޓް ކަރަންޓީން އޮފިސަރގެ މަޤާމަށް ކޮއްތު ފައިސާގެގޮތުގައި، މަސައްކަތު ނިކުންނަ ކޮންމެ ދުވަހަކަށް -/60 ރުފިޔާ ލިބޭނެއެވެ.
  3. ހަމަޖެހިފައިވާ އުސޫލުން، ރިސްކް އެލަވަންސާއި، ސިފްޓް ޑިއުޓީ އެލަވަންސް ލިބޭނެއެވެ. 

:ހުށަހަޅަންޖެހޭ ލިޔުންތައް

 

 

  • އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (ނަމަވެސް ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގާ  ކޯސްތައް ފުރިހަމަކޮށްފައި ހުށަހަޅާ ސެޓްފިކެޓްތައް އެކްރިޑިޓްކޮށްފައި ނުވިނަމަވެސް، ސިވިލް ސަރވިސްގެ މަޤާމުތަކުގެ އަސާސީ ސަރުޠު ފުރިހަމަކުރުމުގައި ބެލެވޭނެ.)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ކޮޕީ)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ލިބިފައިވާނަމަ، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން.
  • ސިވލް ސަރވިސްއަށް  ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވިއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނު ކުރުން:

- މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެސެންޓޭޝަނާއި، ޕްރެކްޓިކަލްސްއާއި، އިމްތިޙާނުކުރުން، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، މަސައްކަތު 15 ދުވަހުގެ ތެރޭގައި މި މިނިސްޓްރީގައި ނުވަތަ މި މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި އޮންނާނެއެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ސޯޓް ލިސްޓް ކުރެވޭ ފަރާތަކަށެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 14 ވަނަ ދުވަހުގެ 14:00 ގެ ކުރިން، މި މިނިސްޓްރީއަށް ވަޒީފާއަށްއެދޭ ފޯމް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އެޕްލިކޭޝަން ފޯމު ލިބެން ހުންނާނީ، މި މިނިސްޓްރީގެ ރިސެޕްޝަނުންނާއި www.fishagri.gov.mv ގެ ވެބްސައިޓުންނެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އާއި 14:00 އާ ދެމެދު، 3339244 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ