މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ނެޝަނަލް ކޮންސަލްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމް. އެން. ޔޫ) އާ ގުޅިގެން ފަރުމާކުރާ މާސްޓަރސް އިން އެޑިޔުކޭޝަނުގެ އެސެސްމެންޓް އެންޑް އިވެލުއޭޝަން ޔުނިޓް ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މަޤާމް: ނެޝަނަލް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: 1 (އެކެއް) މަސްދުވަސް

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.   

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި، މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓް http://www.eedp.moe.gov.mv އިން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 22 ޑިސެންބަރު 2015 ގެ 14:00 ގެ ކުރިން އެދުރުހިޔާ އިމާރާތުގެ ނަންބަރު: 103، 1 ވަނަ ފަންގިފިލާއަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.       

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ. ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީ.
  4. ވެލިޑޭޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ.

އެޕްލިކޭޝަން އެޑްރެސްކުރާނީ ތިރީގައިވާ ފަރާތަށެވެ:

      ޕްރޮޖެކްޓް މެނޭޖަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ. އެސް. ޔޫ)،

      ނަންބަރު: 103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

       މާލެ، ދިވެހިރާއްޖެ

       ފޯން: 3341319

       އީމެއިލް: [email protected]

މަޤާމަށް ހޮވުން:

މި މަޤާމަށް ހޮވޭނީ، ޝަރުތު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުއިން ފާސްވާ ފަރާތެކެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނާއި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލް، ޖަނަވަރީ 2011" ގައި ވާ ގޮތުގެ މަތިންނެވެ.

އިތުރު މައުލޫމާތު:

މި މަޤާމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ   3341319 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

20 ޞަފަރު 1437

02 ޑިސެންބަރު 2015
ހޯދާ