މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
އިންޑިވިޖުއަލް ކޮންސަލްޓަންޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ދިވެހި ސަރުކާރުން ވަރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ނެޝަނަލް އެސެސްމަންޓް އެންޑް ލާރނިންގ އައުޓްކަމްސް ކޮމްޕޯނަންޓަށް ޑޭޓާ އެނަލިސިސްއާއި ރިޕޯޓިންގ ތައްޔާރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

މަޤާމް: އިންޑިވިޖުއަލް ކޮންސަލްޓަންޓް

ބޭނުންވާ އަދަދު: 1 (އެކެއް)

މަސައްކަތުގެ މުއްދަތު: 5 (ފަހެއް) މަސްދުވަސް ނުވަތަ ދެފަރާތް އެއްބަސްވާ މުއްދަތަކަށް.

މުސާރަ: ދެފަރާތް އެއްބަސްވާ މިންވަރަކަށް.   

ފެންވަރު ނުވަތަ ޝަރުޠު:

މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމާއި ތަޖުރިބާގެ ފެންވަރާއި، މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައިވާނެއެވެ. ޓަރމްސް އޮފް ރެފަރަންސް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ވެބްސައިޓް http://www.eedp.moe.gov.mv  އިން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

އެޕްލިކޭޝަން ހުށަހެޅުން:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 22 ޑިސެންބަރު 2015 ގެ 14:00 ގެ ކުރިން، އެދުރުހިޔާ އިމާރާތުގެ ނަންބަރު: 103، 1 ވަނަ ފަންގިފިލާއަށް، އަންނަނިވި ޑޮކިއުމަންޓްތައް ހިމެނޭގޮތަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ. ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބާޠިލްވާނެއެވެ.       

  1. އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ނުވަތަ ވަޒީފާއަށް އެދޭކަމުގެ ލިޔުން.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ސީ. ވީ.
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނުވަތަ ޕާސްޕޯޓުގެ އަސްލާ އެއްގޮތްކަމަށް ތައްގަނޑުޖަހާފައިވާ ކޮޕީ.
  4. ވެލިޑޭޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ ބަޔާންވެ އެނގޭނޭ ރެފަރަންސް ލެޓަރ.

އެޕްލިކޭޝަން އެޑްރެސްކުރާނީ ތިރީގައިވާ ފަރާތަށެވެ:

      ޕްރޮޖެކްޓް ކޯޑިނޭޓަރ

      ކޯޑިނޭޝަން ސަޕޯޓް ޔުނިޓް (ސީ. އެސް. ޔޫ)،

      ނަންބަރު: 103، 1 ވަނަ ފަންގިފިލާ، އެދުރުހިޔާ، ފަޅުމަތީމަގު،

       މާލެ، ދިވެހިރާއްޖެ

       ފޯން: 3341319

       އީމެއިލް: [email protected]

މަޤާމަށް ހޮވުން:

މި މަޤާމަށް ހޮވޭނީ ޝަރުޠު ހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު އިންޓަވިއުން ފާސްވާ ފަރާތެކެވެ. މި މަޤާމަށް މީހަކު ހޮވުމުގައި ޢަމަލުކުރެވޭނީ، ވަރލްޑް ބޭންކުގެ "ގައިޑްލައިންސް: އައި.ބީ.އާރް.ޑީ ލޯނު އަދި އައިޑާ ކްރެޑިޓާއި ގްރާންޓްތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި ޢަމަލުކުރާ އުސޫލް، ޖެނަވަރީ 2011" ގައިވާ ގޮތުގެ މަތިންނެވެ.

އިތުރު މަޢުލޫމާތު: 

މި މަޤާމާ ގުޅޭ އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މި މިނިސްޓްރީގެ ކޯޑިނޭޝަން ސަޕޯޓް ޔުނިޓުގެ 3341319 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

 20 ޞަފަރު 1437

02 ޑިސެންބަރު 2015
ހޯދާ