ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކަރިކިއުލަމް ޑިވެލޮޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ކަރިކިއުލަމް ޑިވެލޮޕަރ

މަޤާމުގެ ކްލެސިފިކޭޝަން: އެކެޑެމިކް، ސްޕައިން 45

ބޭނުންވާ އަދަދު: 1 (އެކެއް)               

މަޤާމުގެ މުއްދަތު: ދާއިމީ

މަހު އުޖޫރަ: އަސާސީ މުސާރަ 14,957.05، އެލަވަންސް 6,410.17  ރުފިޔާ

އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ތަޢުލީމީ ޝަރުޠުތައް:

ދަށްވެގެން، އެމް. ކިޔޫ. އޭ. އިން ގަބޫލުކުރާ، ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދަކާއެކު، ލެވެލް 9 ގެ ސަނަދެއް، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއިން އޮތުން.

ތަޖުރިބާ:

- މަތީ ހަރުފަތްތަކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަތީ ތަޢުލީމުގެ ދާއިރާއިން ތަޖުރިބާ ހުރުން. މަތީ ތަޢުލީމުގެ ދާއިރާގައި ތަޖުރިބާގެ މުއްދަތުގެ އަދަދުކުރުމުގައި ގުނާނީ، ފުލްޓައިމް ވަޒީފާތަކުގެ ތަޖުރިބާއެވެ.

- މަންހަޖު އެކުލަވައިލުމާއި، މަންހަޖު ވަޒަންކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- މަންހަޖުގައި ކަނޑައަޅާފައިވާ މަޤްޞަދުތައް ހާސިލުވޭތޯ ބެލުމަށް އިމްތިޙާނުތައް ތައްޔާރުކުރުމުގައި ތަޖުރިބާ ލިބިފައިވުން.

- އެކަޑެމިކް ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުން.

- އާ މަންހަޖަށް ޓީޗަރުން އަހުލުވެރިކުރުމަށް ތަމްރީނުދިނުމުގެ ތަޖުރިބާ ލިބިފައިވުން.

ސިޓީ ފޮނުވަންވީ ތާރީޚު:

2015 ޑިސެންބަރު 9 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ކޯސް ނިންމިކަމުގެ ލިއުންތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސުޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ޞައްޙަކަމަށް ސޮއިކޮށް، ގުޅޭނެ ފޯނު ނަންބަރާއެކު)
  6. ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ޔުނިވަރސިޓީގެ ރިސެޕްޝަނުން ލިބެން ހުންނާނެ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3322718 ނަންބަރު ފޯނާއެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ