ކޮނޑޭ ސްކޫލް، ގއ.ކޮނޑޭ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން

ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ 2016 ވަނަ އަހަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މަސައްކަތުގެ ތަފުސީލު

ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ 1 އަހަރުގެދުވަހުގެ މުއްދަތަށް ބަލަހައްޓައިދިނުން. (1 ޖަނަވަރީ 2016 އިން ފެށިގެން 31 ޑިސެންބަރު 2016 އާ ހަމައަށް)

ސްކޫލުގައި ސެކިއުރިޓީ ބެލެހެއްޓުމަށް ބޭނުންވާނޭ މުހިންމު މަޢުލޫމާތު
  • ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ 24 ގަޑިއިރު ބަލަހައްޓަންވާނެއެވެ.
  • ޑިއުޓީގައި ހުންނަ މީހަކު ހެނދުނު 07:30 ގައި ދިދަ ނަގައި އަދި މެންދުރުފަހުގެ 04:00ގައި ދިދަ ބާލަންވާނެއެވެ.
  • ޑިއުޓީގައި މަދުވެގެން 1 ވޮޗަރ ހުންނަންވާނެއެވެ.
  • ޑިއުޓީގެ ދިގުމިނަކީ ލޭބަރ ލޯގައި ބަޔާންވެގެންވާގޮތުގެ މަތިން ގިނަވެގެން 8 ގަޑިއިރެވެ.
  • ޑިއުޓީގައި ހުންނައިރު އިށީންނާނެ ގޮނޑިއާއި ޑިއުޓީ ސްޓޭޝަން ކަނޑައަޅާނީ ސްކޫލުންނެވެ.
  • ކޮންމެ މަހެއް ފެށުމުގެ 3 ދުވަސް ކުރިން ޖެހިގެން އަންނަ މަހުގެ ޑިއުޓީ ރޯސްޓަރ ސްކޫލް އޮފީހަށް ހުށަހަޅަންވާނެއެވެ. އަދި ޑިއުޓީގައި ހުންނަ މުވައްޒަފަކު ބަދަލުވިޔަސް އެކަން އެވަގުތަކު ހުންނެވި ސިވިލް ސަރވިސްގެ އެންމެ އިސްވެރިޔަކަށް އަންގަންވާނެއެވެ.
  • ޑިއުޓީ ބަލަހައްޓާ ކޮންމެ މީހަކުމެ ހުންނަންވާނީ އެކަމަށް ޚާއްޞަ ކުރެވިފައިވާ ޔުނިފޯމެއްގައެވެ.
  • ޑިއުޓީ ބަލަހައްޓާ މީހުންނަކީ ކާކުކަން އެނގޭނެ ލިޔުމެއް، ކަރުގައި ނުވަތަ ޔުނިފޯމުގެ ޖީބުގައި ހަރުކޮށްފައި ހުންނަންވާނެއެވެ.
  • ޚިދުމަތް ދޭ ފަރާތުން ސްކޫލުގެ އިމާރާތްތަކާއި، އިމާރާތްތަކުގައިވާ މުދަލާއި، ގޯތިތެރެއާއި، ގޯތި ވަށައިގެންވާ މަގުތައް ބަލަހައްޓަންވާނެއެވެ.
  • ޑިއުޓީގައި ތިބޭ މީހުންގެ ފަރުވާކުޑަކަމުން ހަލާކުވާ ނުވަތަ ގެއްލޭ އެއްޗެއްގެ ޒިންމާ ނަގަންޖެހޭނީ ޚިދުމަތްދޭ ފަރާތުންނެވެ.
  • ޑިއުޓީގައި ހުންނަ ވޮޗަރަކު ސްކޫލުގެ ބަގީޗާތަކަށް ހެނދުނާއި ހަވީރު ފެންދޭންވާނެއެވެ.
  • މިމަސައްކަތުގައި ގެންގުޅެންވާނީ އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ ޞިއްޙަތުގެ ގޮތުން އެކަށީގެންވާ ދިވެހިންނެވެ.
އަންދާސީހިސާބު ހުށަހެޅުމުގައި ސަމާލުކަންދޭންވީ ކަންތައްތައް
  • އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.
  • އަންދާސީހިސާބު ބެލެހެއްޓުމަށް ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ގއ.ކޮނޑޭ މަދަރުސާގެ ސެކިއުރިޓީ ބަލަހައްޓައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަންވާނެއެވެ.

ޕޮއިންޓް ދޭނެގޮތް

  • މަސައްކަތުގެ އަގަށް 80 ޕޮއިންޓް
  • ތަޖުރިބާއަށް 6 ޕޮއިންޓް (ކޮންމެ އަހަރަކަށް 2 ޕޮއިންޓް، ޕޮއިންޓް ދެވޭނީ ވޭތުވެދިޔަ 3 އަހަރަށް)
  • ތަމްރީނު ލިބިފައިވާ ސެކިއުރިޓީ އޮފިސަރުން ބޭނުންކުރުމަށް (ކޮންމެ މީހަކަށް 2 ޕޮއިންޓް، ގިނަވެގެން 7 މީހުން)

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މަޢުލޫމާތު ސާފުކުރެއްވުމަށް 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 09:00 އަށް ވަޑައިގަތުމަށްފަހު އަންދާސީހިސާބު 20 ޑިސެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 09:00 އަށް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުލިބޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ