މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ޕޯސްޓުގެ ޚިދުމަތްދޭނެ އޭޖެންޓެއް ހޯދުމާބެހޭ

މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ހދ.ކުރިނބީއަށް ތިރީގައިމިވާ ޚިދުމަތްތައް ދެއްވާނެ އޭޖެންޓެއް ބޭނުންވެއެވެ.

1. ރަށުގެ އެޑްރެސްތަކަށް ރައްދުކުރަންޖެހޭ ސިޓީ، ޕާރުސަލް ފަދަ ތަކެތި ރައްދުކުރުން.

2. ސިޓީ، ޕާރުސަލް ޕޯސްޓް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެޚިދުމަތް ދިނުން.

3. ރަށުގައި ޕޯސްޓް ކުރެވޭ ތަކެތީގެ ތެރެއިން ރަށް ފިޔަވައި އެހެން ތަންތަނަށް އެޑްރެސް ކުރެވިފައިވާ ތަކެތި ކުންފުނީގެ ހެޑްއޮފީހަށް ފޮނުވުން.

4. ޕޯސްޓްކާގޯގެ ގޮތުގައި ލިބޭ އަދި ފޮނުވާ މުދާ ހަވާލުވެ ފޮނުވުމާއި، ރައްދުކޮށްދިނުން.

5. ސްޓޭމްޕް ވިއްކުން.

6. ޕޯސްޓުން ފޯރުވައިދޭ އެހެނިހެން ޚިދުމަތް ފޯރުވައިދިނުން.

އޭޖެންޓްކަމަށް ހުށަހަޅުއްވާ ފަރާތުގެ ޝަރުޠުތައް.

- ވިޔަފާރި ކުރާ ނުވަތަ ވިޔަފާރި ކުރުމުގެ ހުއްދަ އޮތް ފަރާތެއް ކަމުގައިވުން. ނުވަތަ ރަށުގައި ޙަރަކާތްތެރިވާ ކްލަބް، ޖަމްޢިއްޔާ ކައުންސިލް ފަދަ އިދާރާއެއް ކަމުގައިވުން.

- ބޭންކް އެކައުންޓެއް އޮންނަ ފަރާތެއް ކަމުގައިވުން

- ރަށު ކައުންސިލްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ.

މަހަކު -/500 - ( އޭޖެންސީ އުޖޫރަ )

އަދި މީގެ އިތުރުން ޚިދުމަތުގެ ކޮމިޝަން ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި.

1. ކައުންސިލް އިދާރާއެއްނަމަ: ރަސްމީ ލެޓަރހެޑްގައި ހުށަހެޅުއްވުން.

2. ވިޔަފާރިކުރާ ފަރާތެއްނަމަ: ވިޔަފާރިހުއްދައިގެ ކޮޕީއާއި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.

3. ކްލަބް، ޖަމްޢިއްޔާ އަދި ކުންފުންޏެއްނަމަ: ރަޖިސްޓަރީގެ ކޮޕީ އަދި ވެރިފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.

މިކަމަށް ޝައުޤުވެރިވެރިވަޑައިގަންނަވާ ފަރާތްތަކުން 13 ޑިސެންބަރު 2015 ވާ (އާދީއްތަ) ދުވަހުގެ 16:00 ގެ ކުރިން ސިޓީފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ސިޓީއުރައިގެ ބޭރުގައި "އޭޖެންޓް ކަމަށް އެދި" މިހެން ޖައްސަވަންވާނެއެވެ. މާލެއިންނަމަ ސިޓީ ހުށަހަޅުއްވާނީ ޕޯސްޓް ބިލްޑިންގގެ 3 ވަނަ ފްލޯރގެ އެޑްމިން ޑިޕާޓްމަންޓަށެވެ. އަދި އަތޮޅުތެރެއިން ނަމަ، މިކުންފުނީގެ ފެކްސް ނަންބަރު 3321559 އަށް ފެކްސް ކުރެއްވުން އެދެމެވެ.

މިކަމާ ބެހޭގޮތުން މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކުންފުނީގެ ފޯން ނަންބަރު 3009166 އާ ގުޅުއްވުމުން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ