އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

1 ޖަނަވަރީ 2016 ން 31 ޑިސެންބަރު 2016 ގެ ނިޔަލަށް، ކޮންޓްރެކް އުސޫލުން މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ކުރި ނަންބަރު GS80/IUL/2015/22ފ(22 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ހއ. އުލިގަމު މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚުގައި އުލިގަމު މަދަރުސާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

10 ޑިސެންބަރު 2015 (ބުރާސްފަތި) ދުވަހުގެ 10:00 އަށް

13 ޑިސެންބަރު 2015 (އާދީއްތަ) 11:00 އަށް

 

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު މަދަރުސާގެ 6500548 ނަންބަރު ފޯނަށެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ