ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/6185 ރުފިޔާ

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

ކުށުގެ ރެކޯޑް ސާފުކޮށްދިނުމާއި، މިއޮފީހުގެ ރެކޯޑްތައް އާކައިވްކޮށް ބެލެހެއްޓުމުގައި ކުރަންޖެހޭ އިދާރީ އެންމެހައި މައްސައްކަތް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: 

ލަންޑަން ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އެ ފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް. އެސް. ސީ. އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިތުރު އެލަވަންސް:

މި މަޤާމަށް، ލީގަލް ސަޕޯޓް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ސަރވިސް އެލަވަންސްގެގޮތުގައި، އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި:

- މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 13 ވަނަ ދުވަހުގެ 13:30 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީ ފޮނުވާއިރު، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ ފޮނުވުން އެދެމެވެ.

- ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. ފެކްސް ނަންބަރަކީ، 3000644 އެވެ. އީމެއިލް އެޑްރެހަކީ، [email protected] އެވެ.  

އިންޓަވިއު:

- މި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފަރާތްތަކަށް އިންޓަވިއުއަކަށް ނުކިޔޭނެއެވެ. 

- މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ. އިތުރު ފަރާތަކަށް ނުގުޅޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ ކަންކަން:

މި މަޤާމަށް މީހަކު ހޮވުމުގައި، މަސައްކަތުގެ ތަޖުރިބާއަށާއި މަސައްކަތުގެ ފެންވަރަށް ބެލޭނެއެވެ. ފެންވަރު ބަލާނީ، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެދަށުން ވިދިވިދިގެން 2 އަހަރު ދުވަހު ލިބިފައިވާ މާކުހަށް ބަލައިގެންނެވެ.    

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ