މަދަރުސަތުއްޝައިޚް އިބްރާހީމް، ހއ. ކެލާ
ދިވެހިރާއްޖެ
ސައިންސްލެބް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

މިމަދަރުސާގެ ސައިންސްލެބް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް

2015ނޮވެންބަރު 10ގައި ކުރެވުނު ނަންބަރު GS78/IULAAN/2015/22 އިޢުލާނަށް މަޢުލޫމާތު ސާފުކުރެއްވި އެއްވެސް ފަރާތަކުން ބިޑް ހުށަހަޅާފައިނުވާތީ އެއިޢުލާން ކެންސަލްކޮށް، އަލުން މިމަސައްކަތަށް އިޢުލާންކުރަމެވެ.

ހއ.ކެލާ މަދްރަސަތުއްޝައިޚު އިބްރާހީމުން 2016 ވަނައަހަރަށް ކުރެވޭ މަރާމާތުގެ ތެރެއިން ސައިންސްލެބް މަރާމާތުކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި އެހެން ފަރާތެއް ފޮނުއްވާނަމަ އެކަން އެނގޭނެ ލިޔުމަކާއެކު ބަދަލުގައި ފޮނުއްވާ ފަރާތެއްގެ އައި.ޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަންވާނެއެވެ. އަދި މީގެއިތުރުން މަޢުލޫމާތު ސާފުކުރުމާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށް ބައިވެރިވެވޭނީ ކޮންމެވެސް އެއްހައިސިއްޔަތަކުންނެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

10 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 10:00

17 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 10:00

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6500097 ނަންބަރު ފޯނާއެވެ.

20 ޞަފަރު 1437

02 ޑިސެންބަރު 2015
ހޯދާ