މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
މައިޢިމާރާތުގެ ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ މައިޢިމާރާތުގެ ބައެއް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުން

މިކުންފުނީގެ މައިޢިމާރާތުގެ ބައެއް ތަންތަން މަރާމާތުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 14 ޑިސެންބަރު 2015 ވާ ހޯމަދުވަހުގެ 14:00އަށް ޕޯސްޓް ބިލްޑިންގގެ 5 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 21 ޑިސެންބަރު 2015ވާ ހޯމަ ދުވަހުގެ 14:00އަށް 5 ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު އޮންނާނީ ހަމައެކަނި މަޢުލޫމާތު ސެޝަނަށް ގަޑިއަށް ހާޒިރުވެ ނަންނޯޓް ކުރައްވާ ފަރާތްތަކަށެވެ.

21 ޞަފަރު 1437

03 ޑިސެންބަރު 2015
ހޯދާ