ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޑިރެކްޓަރ ޖެނެރަލް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: ޑިރެކްޓަރ ޖެނެރަލް  

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/15,150 ރުފިޔާ

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މަސްއޫލިއްޔަތު:

  1. ކޯޕަރޭޓް އެފެއާޒް ޑިވިޜަނުގެ އިސްވެރިޔެއްގެގޮތުގައި މަސައްކަތްކުރުން.
  2. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ކުރިމަގު އެންމެ އެދެވޭގޮތުގައި ބައްޓަންކުރުމަށްޓަކައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ ލަފާފުޅާ އިރުޝާދުގެމަތިން އެކުލަވައިލަންޖެހޭ ޕްލޭންތައް އެކުލަވައިލައި، އެ ޕްލޭންތައް ތަންފީޒުކުރުން.   
  3. މުވައްޒަފުންގެ އުފެއްދުންތެރިކަމާއި ޝައުޤުވެރިކަމާއި ވަޒީފާގެ ހިތްހަމަޖެހުން އިތުރުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ރާވައި ހިންގުން.
  4. ކޯޕަރޭޓް އެފެއާޒް ޑިވިޜަނުގެ މުވައްޒަފުންނާ މަސައްކަތް ހަވާލުކޮށް، ހަވާލުކުރެވޭ މަސްއޫލިއްޔަތާއި ވާޖިބުތައް މުވައްޒަފުން އަދާކުރަމުން ގެންދާގޮތް މޮނިޓަރކޮށް ބަލައި، ވަގުތުން ވަގުތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  5. އޮފީހުގެ އިދާރީ ކަންތައްތައް، ސަރުކާރުގެ ފައިސާގެ ޤަވާޢިދުތަކާ އެއްގޮތަށް ބަލަހައްޓައި ކުރަމުން ގެންދިއުން.
  6. ހަވާލުވެފައިވާ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.

ފެންވަރު ނުވަތަ ޝަރުޠު:

1. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި EX1 ގެ ރޭންކެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %80 އިން މަތިން މާކްސް ހޯދާފައިވުން. ނުވަތަ؛

2. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، EX1 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %80 އިން މަތިން މާކްސް ހޯދާފައިވުން.  

3. މަޤާމަށް ބޭނުންވާ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި MS2 ގެ ރޭންކުން ފެށިގެން މަތީ ރޭންކެއްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވިދިވިދިގެން 2 އަހަރު ދުވަހު %80 އިން މަތިން މާކްސް ހޯދާފައިވުން.

އިތުރު އެލަވަންސް:

މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %35 އާއި، ސަރވިސް އެލަވަންސްގެގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ސުންގަޑި:

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 13 ވަނަ ދުވަހުގެ 14:30 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުވުން އެދެމެވެ. ސިޓީ ފޮނުވާއިރު، އަސްލާ އެއްގޮތްކަމަށް އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަނަވަރާއި، އައި.ޑީ. ކާޑުގެ ކޮޕީ ފޮނުވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. ފެކްސް ނަންބަރަކީ 3000644 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. 

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ