ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެނިމޭޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

އެނިމޭޓަރ

މުސާރައާއި އެލަވަންސް

މަހަކު -/9950 ރުފިޔާ

މަޤާމުގެ ރޭންކް

TP 5

ބޭނުންވާ އަދަދު

3 (ތިނެއް)

މަސައްކަތް ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ގްރެފިކްސް

 

މަޤާމުގެ ޝަރުޠު:

މަޤާމާ ގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ ޖީ. ސީ. އީ. އޭލެވެލް އިމްތިޙާނުން މަދުވެގެން 4 (ހަތަރެއް) މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ޖީ. ސީ. އީ އޯލެވެލް އިމްތިޙާނުން މަދުވެގެން 6 (ހައެއް) މާއްދާއިން ފާސްވެފައިވުމާއެކު، މަޤާމާ ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ދާއިރާއިން 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

 

 

 

 

މަޤާމުގެ މަސްއޫލިއްޔަތު

  1. އާ ޚިޔާލުތައް ޖެނެރޭޓްކުރުމާއި، އިނޮވޭޓިވް ގޮތްތައް ޑިޒައިންކުރުމާއި، އެނިމޭޓްކުރުން.
  2. ހަވާލުކުރެވޭ މަސައްކަތާ ގުޅޭގޮތުން ޕްރޮޑިއުސަރ ނުވަތަ ޑައިރެކްޓަރާ ވާހަކަދައްކައި، މަސައްކަތް ނިންމާނެގޮތުގެ ޓައިމްލައިނެއް ކަނޑައެޅުން.
  3. ޑިޒައިނާއި، އެނިމޭޝަންތައް ހަދާއިރު ސްކެޗްތައް / ސްޓޯރީ ބޯޑުސް ތައްޔާރުކުރުމަށްފަހު، މަސައްކަތާ ގުޅުންހުރި ފަރާތްތަކާ މަޝްވަރާކޮށް ފައިނަލްކުރުން.
  4. ގްރެފިކްސްއިން ހަދަންޖެހޭ ލޯގޯ، ޕޯސްޓަރ، ބިލްބޯޑް، ފޮތް ފަދަ ތަކެތި ޕްރޮފެޝަނަލްކޮށް ޑިޒައިންކުރުން.
  5. ޓޫޑީ، ތްރީޑީ، މޯޝަން ގްރެފިކްސް، ޕްރޮގްރާމްސް، ނިވްސްއާއި އެހެނިހެން ކަންކަމަށް ބޭނުންވާ އެނިމޭޝަންތައް ޕްރޮފެޝަނަލްކޮށް އިންޑަސްޓްރީ ސްޓޭންޑަޑްގެ ސޮފްޓްވެޔާރސްތައް ބޭނުންކޮށްގެން ހެދުން.
  6. ތްރީޑީ މޮޓެލްކުރުން.
  7. ޚަބާރާ ގުޅުންހުރި ގްރެފިކްސް ޑިއުޓީ އުޞޫލުން ހަމަޖެހިފައިވާ ގަޑިއަށް ދުވަހުން ދުވަހަށް ނިންމުން.
  8. ގްރެފިކްސް އިން ހަދަންޖެހޭ ޕޯސްޓަރ، ބިލްބޯޑް، ފޮތް ފަދަ ތަކެތި ޑިޒައިންކުރުން.
  9. ދުވަހުން ދުވަހަށް ނިންމަންޖެހޭ ލައިވްތަކަށް ބޭނުންވާ ހުރިހާ ޑިޒައިންތަކާއި އެނޭިމޝަން ހަދައި، ކަމާބެހޭ ފަރާތްތަކާ ހަވާލުކުރުން.
  10. ޕްރޮގްރާމް، ނިއުސް އަދި ލައިވްތަކަށް ބޭނުންވާ ކެޕްޝަން ބްރޭކަރއާއި އެހެނިހެން ގްރެފިސްތަކުގެ އެނިމޭޝަންތައް ހެދުން.
  11. ޕްރޮގްރާމް، ނިއުސް އަދި ލައިވްތަކަށް ބޭނުންވާ ޕްރޮމޯ (ޓްރެއިލާރ) އާއި، ޓީޒާ ފަދަ ތަކެތި އެނިމޭޓްކުރުން.
  12. ލައިވް / ރެކޯޑްކުރާ ޕްރޮގްރާމްސްއާއި ލައިވް އިވެންޓުގައި ކެލިގްރާފަރ / ޓައިޓުލް އޮޕަރޭޓަރ / ޖީ-ޗެނަލް އޮޕަރޭޓްކުރުމާއި، ކެލިގްރާފަރ/ ޓައިޓްލް އޮޕަރޭޓަރ / ޖީ-ޗެނަލް ފައިލް ސެޓަޕް ހެދުން.
  13. ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއެކު ކަނޑައެޅިފައިވާ ގަޑިއަށް ނިންމުން.

އިތުރުގަޑި

އިތުރުގަޑީގެ މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

 

 

ހުށަހަޅަންޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލާ ސެޓްފިކެޓެއްނަމަ، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް.
  • މަތީގައިވާ މަޤާމަށް އިންޓަވިއުއަށް ދަޢުވަތުދެވޭނީ ޝޯޓް ލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ޑިސެންބަރު 14 ވަނަ ދުވަހުގެ 15:00 ގެ ކުރިން، މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ / ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށްއެދޭ ލިއުންތައް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ހޯދުމަށް 3000210 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

21 ޞަފަރު 1437

02 ޑިސެންބަރު 2015
ހޯދާ