ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓެންޓް ކޭސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: އެސިސްޓެންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ އަދަދު: 1 (އެކެއް)

މުސާރަ: -/6185 ރުފިޔާ

ލިވިންގ އެލަވަންސް: -/3،000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

މި އޮފީހަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ އެންމެހައި މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު: 

ލަންޑަން ޖީ. ސީ. އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް. އެސް. ސީ. އިމްތިހާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިތުރު އެލަވަންސް:

މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެގޮތުގައި އަސާސީ މުސާރައިގެ %20 އާއި، ސަރވިސް އެލަވަންސްގެގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މި މަޤާމަށް ކުރިމަތި ލައްވާ ފަރާތްތަކުގެ އަދަދު އެކަށީގެންވާވަރަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ އެންމެ މަތިން މާކްސް ލިބޭ 10 ފަރާތަކަށެވެ. އިތުރު ފަރާތަކަށް ނުގުޅޭނެއެވެ. މި މަޤާމަށް މީހަކު ނެގުމުގައި، މަސައްކަތުގެ ތަޖުރިބާއަށާއި، މަސައްކަތުގެ ފެންވަރަށް ބެލޭނެއެވެ. އަދި ފެންވަރުބަލާނީ، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުގެ ދަށުން ވިދިވިދިގެން 2 އަހަރު ދުވަހުގެ ލިބިފައިވާ މާކުހަށް ބަލައިގެންނެވެ.

ވީމާ،  މި  މަޤާމަށް  އެދޭ  ފަރާތްތަކުން،  2015  ޑިސެންބަރު  13  ވަނަ  ދުވަހުގެ  14:30  ގެ  ކުރިން  މި  އޮފީހަށް  ސިޓީ  ފޮނުވުން  އެދެމެވެ.  ސިޓީ  ފޮނުވާއިރު،  ތަޢުލީމީ  ސެޓްފިކެޓްތަކުގެ  ކޮޕީއާއި،  ވަނަވަރާއި،  ދިވެހި  ރައްޔިތެއްކަން  އަންގައިދޭ   ކާޑުގެ  ކޮޕީ  ފޮނުވުން  އެދެމެވެ.  މި  މަޤާމުގެ  ޝަރުޠު  ފުރިހަމަނުވާ  ފަރާތްތަކަށް  އިންޓަވިއުއަކަށް  ނުކިޔޭނެއެވެ.  ފެކްސް  ނުވަތަ  އީމެއިލް  މެދުވެރިކޮށް  ފޮނުވާ  ސިޓީވެސް  ބަލައިގަނެވޭނެއެވެ.  ފެކްސް  ނަންބަރަކީ،  3000644  އެވެ.  އީމެއިލް  އެޑްރެހަކީ،  [email protected] އެވެ.

25 ޞަފަރު 1437

07 ޑިސެންބަރު 2015
ހޯދާ