ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކާ ބެހޭ

ޕަބްލިކް ސަރވިސް މީޑިއާ (ޕީ.އެސް.އެމް)ގެ ޓްރޭނިންގ އިންސްޓިޓިއުޓް، މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (އެމް.އެމް.އައި)ގެ ފަރާތުން ތިރީގައި މިދަންނަވާ ކޯސްތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ.

1- ސެޓުފިކެޓު އިން ޕްރެޒެންޓިންގ

2- ސެޓުފިކެޓު އިން ޓީވީ ޕްރޮޑަކްޝަން

3- ސެޓުފިކެޓު އިން ރޭޑިއޯ ޕްރޮޑަކްޝަން

މި ފުރުޞަތަކީ ދިވެހިރާއްޖޭގެ މީޑިއާގައި މަސައްކަތް ކުރާނެ މީހުން އުފެއްދުމަށް މި އިންސްޓިޓިއުޓްގެ ފަރާތުން ހިންގާ ކޯސްތަކެކެވެ. މަދުމިންވަރަކަށް ޖާގަ ހަމަޖެހިފައިވާ މި 3 ކޯހުން ފުރުޞަތު ދެވޭނީ، މިކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓުންގެ ތެރެއިން، މި އިންސްޓިޓިއުޓުން ކަނޑައަޅާ އުސޫލުތަކަށް ފެތޭ އަދި އިންޓަރވިއުކޮށްގެން އެންމެ ރަނގަޅުކަމަށް ކަނޑައަޅާ ކެންޑިޑޭޓުންނަށެވެ.

ވީމާ، މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިކަމަށް ކަނޑައެޅިފައިވާ ފޯމު 2015 ޑިސެންބަރު 10 ވަނަ ދުވަހުގެ މެންދުރުފަހުގެ 2:00 ގެ ކުރިން މި ކުންފުނީގެ ހެޑްއޮފީސް، ރޭޑިއޯ ބިލްޑިންގގެ ކައުންޓަރަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި ކުންފުނީގެ ހެޑްއޮފީހުގެ ކައުންޓަރުންނާއި، މި ކުންފުނީގެ ވެބްސައިޓް www.psm.mv/downloads އިން ލިބިވަޑައިގަންނަވާނެއެވެ.

17 ޞަފަރު 1437

29 ނޮވެންބަރު 2015
ހޯދާ