ކީރިތި ޤުރުއާނާބެހޭ މަރުކަޒު
ދިވެހިރާއްޖެ
ސޮފްޓްވެއަރއެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް

މި މަރުކަޒުގެ ދަރިވަރުންގެ ކަންތައްތައް ހަރުދަނާކުރުމުގެ ގޮތުން ދަރިވަރުންނާ ގުޅުންހުރި ސޮފްޓްވެއަރއެއް ހަދައިދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ކީރިތި ޤުރްއާނާބެހޭ މަރުކަޒަށް ހާޒިރުވެވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ދޭ ދުވަހު ހާޒިރުވެވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑް ބަލައިގަތުމަށް ހަމަޖެހިފައިނުވާ ވާހަކަވެސް ދެންނެވީމެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 17 ޑިސެންބަރު 2015 ބުރާސްފަތި ދުވަހުގެ 11:00 ގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގައެވެ.

14 ޞަފަރު 1437

27 ނޮވެންބަރު 2015
ހޯދާ