މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ޑޭޓާ އެންޓަރކުރާނޭ މީހުން ބޭނުންވެއްޖެ

2016 ވަނަ އަހަރަށް ސްކޫލްތަކުގެ ކުދިންނަށް ދޫކުރާ ސްޓޭޝަނަރީ ވައުޗަރުތަކުގެ ޑޭޓާ އެންޓަރ ކުރުމުގެ މަސައްކަތަށް 4 މަސްދުވަހުގެ މުއްދަތަށް 5 މީހުން ބޭނުންވެއްޖެއެވެ.

މިމަސައްކަތް ކުރައްވާ ކޮންމެ ދުވަހަކަށް (ރަސްމީ 6 ގަޑިއިރަށް) -/270 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރުވަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ މަސައްކަތަށް ފައިސާ ލިބޭނެއެވެ. މަސައްކަތް ކުރަންޖެހޭނީ ޢާންމުގޮތެއްގައި ރަސްމީގަޑީގައި ހެނދުނު 8:00 ން މެންދުރުފަހުގެ 14:00 އަށެވެ.

މިމަސައްކަތަށް މީހުން ހޮވުމުގައި ޕޮއިންޓްދޭނެގޮތް ތިރީގައި މިވަނީއެވެ.

ތަޢުލީމީ ފެންވަރަށް 70 ޕޮއިންޓް (ގްރޭޑް 10 ނިންމާފައިވުން)

ރަނގަޅު ސްޕީޑެއްގައި ޑޭޓާ އެންޓަރ ކުރުމަށް 30 ޕޮއިންޓް

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 09 ޑިސެންބަރު 2015 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ލިޔުމަކުން ތަޢުލީމީ ސެޓުފިކެޓުތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

14 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ