މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1 (އެކެއް)

ހަމަޖައްސާ ސެކްޝަން

އިމާމް ޔުނިޓް

މަޤާމުގެ ރޭންކް

އެމް. އެސް. 1

މަޤާމުގެ ކްލެސިފިކޭޝަން

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ގްރޭޑް 1

މުސާރަ

-/5,610 ރުފިޔާ

ސަރވިސް އެލަވަންސް

 -/2,000 ރުފިޔާ

 

 

މަޤާމުގެ ޝަރުޠު

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް   ހާސިލުކޮށްފައިވުމާއެކު،  އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް    ހާސިލުކޮށްފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

  1. މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން  އަތޮޅުތަކުގެ ރަށްރަށުގައި ހުސްވެފައިވާ މަޤާމުތަކަށް މުވައްޒަފުންލެއްވުމާއި، ބަދަލުކުރުމާއި، މުވައްޒަފުންނަށް ކުރިއެރުން ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުން.
  2. މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގައި މުވައްޒަފުންގެ ރަޖިސްޓްރީތައް ބެލެހެއްޓުމުގެ މަސައްކަތްތައް ކުރުވުން.
  3. މި މިނިސްޓްރީގެ ވަޒީފާތަކުގެ ތެރެއިން އަތޮޅުތަކުގެ ރަށްރަށުގެ މުވައްޒަފުންގެ އެޕްރައިސަލް ފޯމް، އެޓެންޑެންސް، އަދި މުވައްޒަފުންނަށްދޭ ނަސޭހަތުގެ ރެކޯޑްސް، ކަމާބެހޭ ސެކްޝަނާ ގުޅިގެން ކުރުވުން.
  4. އަތޮޅުތަކުގެ މިސްކިތާބެހޭގޮތުން އަންނަ ޝަކުވާގެ މައްސަލަތައް ބެލުން.
  5. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

 

 

ވަޒީފާއަށް އެދޭ ފޯމާއެކު ހުށައަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބެން ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތު ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ތަޢުލީމާއި ތަމްރީން.
  • މަސައްކަތަގެ ތަޖުރިބާ.
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި، ޤާބިލުކަމާއި ސިފަތައް.

ސުންގަޑި

2015 ޑިސެންބަރު 10 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒަށް)

އިންޓަވިއު

- މި  މަޤާމުގެ  އިންޓަވިއު،  އިޢުލާނުގެ  މުއްދަތު  ހަމަވާތާ  މަސައްކަތު  10  ދުވަހުގެ  ތެރޭގައި  ބޭއްވޭނެއެވެ. އިންޓަވިއު ބޭއްވޭނީ، މި މިނިސްޓްރީގައެވެ.

- މި މަޤާމަށް އިންޓަވިއު ކުރެވޭނީ، މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމާއި ތަޖުރިބާއިން އެންމެ މަތީ މާކްސް ލިބޭ 10 ފަރާތާއެވެ.

 

އިތުރު މަޢުލޫމާތު

  • މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/ އިސްލާމީ މަރުކަޒުގައެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، 3020232 ނަންބަރު ފޯނަށް ނުވަތަ 3020224 ނަންބަރު ފޯނަށެވެ.
  • ފެކްސް ނަންބަރުތަކަކީ، 3020232 އާއި 3020224 އެވެ.
  • އީމެއިލް ކުރާނީ، [email protected] އަށެވެ.
  • ވެބްސައިޓް އެޑްރެހަކީ www.islamicaffairs.gov.mv އެވެ.  
13 ޞަފަރު 1437
25 ނޮވެންބަރު 2015
ހޯދާ