މާޅޮސްމަޑުލު އުތުރުބުރީ ރަސްމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިން ބިދޭސީ މަސައްކަތު މީހުން ހޯދުމާބެހޭ

މިކައުންސިލްގެ ނަންބަރު: IUL)306/306/2015/106)ފ(26 އޮކްޓޫބަރު 2015)ގައި ރ. ރަސްމާދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ތިން ބިދޭސީ މަސައްކަތު މީހުން ހޯދުމަށް ކުރި އިޢުލާނަށް އަންދާސީހިސާބު ހުށަހަޅުއްވަފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ އެއިޢުލާނު ބާޠިލުކޮށް، ކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ތިން ބިދޭސީ މަސައްކަތު މީހުން މިކައުންސިލަށް ގެނެސްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަން ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚުގައި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވަޑައިގަތުމަށްފަހު، އަންދާސީހިސާބު ހުށަހަޅުއްވަންޖެހޭ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިކައުންސިލްގެ އިދާރާއަށް ދުރުވެދެއްވުން އެދެމެވެ. މިގޮތުން ގެނެވޭ ފަރާތްތަކަކީ ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ބައެއްކަމުގައިވާންވާނެއެވެ.

މަޢުލޫމާތު ދިނުން

ބިޑް ހުށަހެޅުން

08 ޑިސެންބަރު 2015 (އަންގާރަ) 11:00

13 ޑިސެންބަރު 2015 (އާދީއްތަ) 11:00

މިގޮތުން މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން، ކޮމްޕެނީ، އިންވެސްޓްމެންޓް އަދި އެޖެންސީތަކަކީ ރެކްރޫޓިންގ ޚިދުމަތް ދިނުމަށް ރަޖިސްޓަރީކޮށް ސަރުކާރުގެ އިދާރާއަކުން ހުއްދަ ދޫކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެއެވެ. އަދި މިކަމަށް ކުރިމަތިލައްވާ ކޮމްޕެނީ، އިންވެސްޓްމެންޓް އަދި އެޖެންސީތަކުގެ ތެރެއިން ބިޑް ހުށަހެޅޭނީ  ކުށުގެ ރިކޯޑް (އިމިގްރޭޝަން، ޕޮލިސް، ރަސްމީކޯޓުތަކުން) ސާފު ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ. ކުންފުނި، އިންވެސްޓްމަންޓް އަދި އެޖެންސީ ފަދަ ތަނަކުން މަޢުލޫމާތު ސާފުކުރުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކުން އެ ބޭފުޅަކު ތަމްސީލުކުރައްވަނީ ކޮން ކުންފުންޏެއް، އިންވެސްޓްމެންޓެއް އަދި އެޖެންސީއެއްކަން އެނގޭ ސިޓީއެއް ހުށަހަޅަންވާނެއެވެ. މިގޮތުން ކޮމްޕެނީ، އިންވެސްޓްމަންޓް އަދި އެޖެންސީއަކުން އަމިއްލަ ފަރުދަކު މަޢުލޫމާތު ސާފުކުރެއްވުމަށާއި ބީލަން ހުށަހެޅުމަށް ހާޒިރުވެލައްވާއިރު އެފަރާތެއްގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލުކުރެއްވޭނީ އެއްފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ދުރުވެނުލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މިކައުންސިލްގެ ނަންބަރު: 6580049 ފޯނަށް ގުޅުއްވުން އެދެމެވެ. އީމެއިލް [email protected] އެވެ. 

އަދި ދަންނަވަމެވެ. މަތީގައި ބަޔާންކުރެވިފައިވާ މަސައްކަތް ކުރެއްވުމަށް ބީލަން ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަކަށް ހޮވޭނީ، ތިރީގައި މި ބަޔާންކުރާ ނުކުތާތަކަށް ކަނޑައެޅިފައިވާ އިންސައްތައިން މާކްސް ދީގެން، އެންމެ މަތީ މާކްސް ލިބިލައްވާ ފަރާތެވެ.

1- އަގު (65 އިންސައްތަ)

2- މުއްދަތު (15 އިންސައްތަ)

3- މާލީ ގާބިލުކަން (10 އިންސައްތަ)

4- މިފަދަ މަސައްކަތުގެ ތަޖުރިބާ (10 އިންސައްތަ)

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

29 ނޮވެންބަރު 2015
ހޯދާ