މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ތަކެތި ޗާޕުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިއޮތޯރިޓީއަށް ތިރީގައި މިދަންނަވާ ތަކެތި ޗާޕުކުރުމަށް ބޭނުންވެއެވެ.

  • އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް (ޒޯން ބީ)
  • އިންޖީނުލީ އެއްގަމުއުޅަނދު ދުއްވުމުގެ ލައިސަންސް ފޮތް (ޒޯން ސީ)
  • ރަޖިސްޓަރީ ސެޓުފިކެޓު

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 07 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 10 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

17 ޞަފަރު 1437     

29 ނޮވެންބަރު 2015
ހޯދާ