ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާންކަރުދާސް މާކް ކޮށްދިނުމުގެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތައް ހޯދުން

ސިވިލް ސަރވިސް ކޮމިޝަނުން ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން ކަރުދާސް މާކް ކޮށްދިނުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ތިރީގައިވާ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ.  
  • މޮޑެރޭޓަރ، ބޭނުންވާ އަދަދު: 1
  • މާކަރ، ބޭނުންވާ އަދަދު: 2

އިމްތިޙާން ކަރުދާސް އެކުލެވިގެންވާ ބައިތައް:

1. ދިވެހި ސިވިލް ސަރވިސްގައި މަސައްކަތް ކުރުމަށް ބޭނުންވާ ޢާންމު މަޢުލޫމާތާއި، މުޢާމަލާތް ކުރުމުގެ ހުނަރާއި މުއާޞަލާތު ކުރުމުގެ ހުނަރު

2. އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންވާނެ ލިޔުންތެރިކަމުގެ ހުނަރު

މޮޑެރޭޓަރުންނާއި މާކަރުން ހޮވުމުގައި މާކްސް ދެވޭނެ ކަންތައްތައް:

  • ތަޢުލީމީ ފެންވަރު (ދިވެހިބަސް):  %50
  • ޕޭޕަރު މާކް ކުރުމުގެ ތަޖުރިބާ: %50
  • މޮޑެރޭޓަރުން ހޮވުމުގައި ސިވިލް ސަރވިސް އަށް ވަނުމަށް ދެވޭ އިމްތިޙާންކަރުދާސް ތައްޔާރުކުރުމުގެ މަސައްކަތުގައި ބައިވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އުޖޫރަ:

  • މާކަރުން: މާކް ކުރާ ކޮންމެ ޕޭޕަރަކަށް -/40 ރުފިޔާ
  • މޮޑެރޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުމަށް ހޮވޭ ފަރާތަށް -/40 ރުފިޔާގެ އިތުރުން -/1000 ރުފިޔާ ދެވޭނެއެވެ.

ޕޭޕަރު މާކްކުރުން އޮންނާނީ 7 ޑިސެންބަރު 2015 އިން ފެށިގެން 2 ހަފުތާގެ މުއްދަތަށެވެ.

ވީމާ، މި އިމްތިޙާނުގެ އިމްތިޙާންކަރުދާސް މާކްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް އެދި ސިޓީއާއި ވަނަވަރު އަދި ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ 07 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި މި ކޮމިޝަނަށް ހުށަހެޅުއްވުން އެދެމެވެ. އިމްތިޙާނުގެ މުޤައްރަރާއި ނަމޫނާކަރުދާސް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv އިން ލިބެން ހުންނާނެއެވެ. މި ކަމާގުޅޭ އިތުރު މަޢުލޫމާތު ސާފުކުރުމަށް ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓްޓިއުޓްގެ ނަންބަރު 3307348/ 3307315/ 3309978 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

30 ނޮވެންބަރު 2015
ހޯދާ