ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ފާމަސިސްޓް

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ 60ADM/2015/339 ނަންބަރުގެ އިޢުލާނަށް އެކަށީގެންވާވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ، ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

މަޤާމް: ފާމަސިސްޓް ގްރޭޑް 1  (1 އަހަރު ދުވަހުގެ ކޮންޓްރެކްޓަށް)

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: ތަޢުލީމީ ފެންވަރަށް ބަލައިގެން، -/4350 ރުފިޔާއާއި -/5،100 ރުފިޔާއާ ދެމެދުގެ އަދަދެއް ހަމަޖައްސައިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ވިލިމާލެ ބޭސްފިހާރަ

އެހެނިހެން ޢިނާޔަތްތައް:

* ފުޑް އެންޑް ހާރޑްޝިޕް އެލަވަންސް: -/1500 ރުފިޔާއާއި -/2،100 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރު އެލަވަންސް: -/528 ރުފިޔާއާއި -/728 ރުފިޔާއާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.

* އިތުރުގަޑީގައްޔާއި ރަސްމީބަންދު ދުވަހެއްގައި މަސައްކަތްކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

* މަތީ ތަޢުލީމް ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ އުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން

* އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

މަޤާމގެ މަސްއޫލިއްޔަތު:

*  ބޭސް ދޫކުރުން.

* ކޮންޓްރޯލް ޑްރަގްސް ބެލެހެއްޓުން.

* ހަރުތަކުގައި ބޭސްޖެހުން.

* މުއްދަތުހަމަވާ ބޭސްތައް ބަލައި ޗެކްކުރުން.

ތަޢުލީމީ ތަޖުރިބާ:

* އެޑްވާންސް ސެޓްފިކެޓް އިން ފާމަސީ ނުވަތަ ޑިޕްލޮމާ އިން ފާމަސީ ފުރިހަމަކޮށްފައިވުން.

* ކޮމްޕިއުޓަރ ސްކިލްސް (ވޯޑާއި އެކްސެލް)

އެހެނިހެން ތަޖުރިބާ / ހުނަރު:

* ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއްކަމުގައިވުން.
* ޝިފްޓް ޑިއުޓީގައި މަސައްކަތްކުރެވޭނެ މީހެއްކަމުގައިވުން.
* އިނގިރޭސިބަހާއި ދިވެހިބަހުން މުޢާމަލާތުކުރަން އެނގުން.

ސުންގަޑި:

މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 6 ވަނަ ދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

- ވެބްސައިޓުގެ އެޑްރެހަކީ، http://www.sto.mv/downloads އެވެ.

ނޯޓް:

- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

- މި މަޤާމަށް މުވައްްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިި، އެންމެ މަތިން މާކްސްލިބޭ ފަރާތެކެވެ.

ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344179/3344368 ފެކްސް: 3344041 ވެބްސައިޓް: www.sto.mv

17 ޞަފަރު 1437

29 ނޮވެންބަރު 2015
ހޯދާ