ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
'ފޯރމިންގ އެންޑް މެނޭޖިންގ ވެންޗަރ ކެޕިޓަލް ފަންޑްސް' ސެމިނަރ ހިންގައިދޭނެ ފަރާތެއް ހޯދުން

މިއޮތޯރިޓީން އިންތިޒާމުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ފޯރމިންގ އެންޑް މެނޭޖިންގ ވެންޗަރ ކެޕިޓަލް ފަންޑްސް" ސެމިނަރ ޑިވެލޮޕްކޮށް އަދި ހިންގައިދިނުމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

މިސެމިނަރ އަމާޒުކޮށްފައިވަނީ ދިވެހިރާއްޖޭގައި ފަންޑް މެނޭޖްމަންޓް/އިންވެސްޓްމަންޓް އެޑްވައިޒަރުކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާ ފަރާތްތަކަށެވެ.

މި ސެމިނަރގެ TOR އާއި އިވެލުއޭޝަން ކްރައިޓީރިއާ އަދި ލެކްޗަރަރއިންގެ ޝަރުޠުތަކުގެ މަޢުލޫމާތު ސީ.އެމް.ޑީ.އޭގެ ވެބްސައިޓުން (http://cmda.gov.mv/news/rfp-on-forming-and-managing-venture-capital-funds-seminar-in-maldives) ލިބެން ހުންނާނެއެވެ.

މި ޕްރޮގްރާމް ހުށަހަޅައިދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ޑިސެންބަރު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ފޮނުއްވައިދެއްވުން ނުވަތަ އީމެއިލްކުރެއްވުން އެދެމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ،

4ވަނަ ފަންގިފިލާ، އެމް.ޓީ.ސީ.ސީ ޓަވަރ،

ބޮޑުތަކުރުފާނު މަގު،

މާލެ، ދިވެހިރާއްޖެ.

ފޯން: 6619 333 ، 3014112

ފެކްސް: 6624 333

އީމެއިލް: [email protected]

ވެބްސައިޓް: www.cmda.gov.mv

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ