ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ސްކިޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް: ސްކިޕަރ

ބޭނުންވާ އަދަދު: 2 (ދޭއް)

ކޮންޓްރެކްޓުގެ މުއްދަތު: 12 (ބާރަ) މަސްދުވަސް

އަސާސީ މުސާރަ: 7200.00 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ގެ އަމިއްލަ ދޯނިފަހަރުގައި ނުވަތަ މެނޭޖްކުރާ ދޯނިފަހަރުގައި.

އެހެނިހެން ޢިނާޔަތްތައް:

- ކޮންޓްރެކްޓް އެލަވަންސް: 720.00 ރުފިޔާ

- ފުޑް އެންޑް ހާޑްޝިޕް އެލަވަންސް: 350.00 ރުފިޔާ

- ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެމަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- ކާގޯ ލޯޑިންގއާއި ޑިސްޗާޖްކުރުމުގެ ކަންތައް މޮނީޓަރކުރުން.

- ފަޅުވެރިންނާއި، ބޯޓާއި، މުދަލާއި، ތިމާވެށި ތައްކާތެރިކޮށް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ:

- ސީ ، ޑީ ކެޓެގަރީ ޑްރައިވިންގ ލައިސެންސް އޮތުމާއެކު، ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، އަސާސީ ތަޢުލީމުގެ ފެންވަރުހުރި މީހަކުކަމުގައިވުން.

- މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 7 ވާ ހޯމަދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ، ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް/މެޑިކަލް ރިޕޯޓް/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344272 ފެކްސް: 3344041 ވެބްސައިޓް: www.stom.mv

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ