އޮމަދޫ ސްކޫލް، އދ. އޮމަދޫ
ދިވެހިރާއްޖެ
ސެކިއުރިޓީ ބެލެހެއްޓުމާގުޅޭ

މި ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މުއްދަތު 2015 ޑިސެންބަރު 31 އަށް ހަމަވާތީ، 2016 ޖަނަވަރީ 01 ން 2016 ޑިސެންބަރު 31ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ކޮންޓްރެކްޓް އުސޫލުން ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިދެންނެވި އުސޫލުން މިކަން ކޮށްދެވޭނެ ފަރާތްތަކުން 2015 ޑިސެންބަރު 6 ވަނަ ދުވަހުގެ 10:00 އަށް ސްކޫލުގައި ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޒިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2015 ޑިސެންބަރު 16 ވަނަ ދުވަހުގެ 10:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރަން ހާޒިރުވެނުލައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ