ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މި ކުންފުނީގެ، ތިރީގައިމިވާ މަޤާމަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.
މަޤާމް: ކުކް
ބޭނުންވާ އަދަދު: 2 (ދޭއް)
ކޮންޓްރެކްޓް މުއްދަތު: 12 (ބާރަ) މަސްދުވަސް
އަސާސީ މުސާރަ: 6425.00 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: އެސް. ޓީ. އޯ. ގެ އަމިއްލަ ދޯނިފަހަރުގައި ނުވަތަ މެނޭޖްކުރާ ދޯނިފަހަރުގައި.
އެހެނިހެން ޢިނާޔަތްތައް:
- ކޮންޓްރެކްޓް އެލަވަންސް: 1285.00 ރުފިޔާ
- ފުޑް އެންޑް ހާޑްޝިޕް އެލަވަންސް: 350.00 ރުފިޔާ
- ޕެންޝަން: ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުގެމަތީން ޕެންޝަނަށް ފައިސާ އުނިކުރެވޭނެއެވެ.
މަޤާމުގެ މަސްއޫލިއްޔަތު:
* ކެއުން ތައްޔާރުކުރުން.
* ބޯޓުފަހަރުގެ ކެއުމުގެ ކަންތައް ހަމަޖެއްސުން.
* ކެއުމަށް ހަމަޖެހިފައިވާ ސަރަޙައްދު ސާފުތާހިރުކޮށް ބެލެހެއްޓުން.
ތަޢުލީމާއި ތަޖުރިބާ:
- މަސައްކަތާގުޅޭ ދާއިރާއަކުން ތަޢުލީމް ހާސިލުކޮށްފައިވުމާއި، މަދުވެގެން ދެއަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.
ސުންގަޑި:
- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 7 ވާ ހޯމަދުވަހުގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.
- އެޕްލިކޭޝަން ފޯމު، މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ކުންފުނީގެ ވެބްސައިޓުން މި ފޯމު، މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.
ނޯޓް:
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ، ސެޓްފިކެޓްތަކުގެ އަސްލާ އެކުގައެވެ.)
- މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައި، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
- އިންޓަވިއުއަށް ކިޔޭނީ، ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.
- ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް/މެޑިކަލް ރިޕޯޓް/ ކުށުގެ ރިކޯޑަށް ބަލާނެއެވެ.
އެޑްރެސް:
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ ހެޑް އޮފީސް
ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345
ފޯން: 3344272 ފެކްސް: 3344041 ވެބްސައިޓް: www.stom.mv
18 ޞަފަރު 1437