ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު:TES/2015/CA-11
ބީލަން ހުށަހެޅުމުގެ ދަޢުވަތު
1. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ އެދިލެއްވުމުގެ މަތިން، ޅ. މާފިލާފުށީގައި ތިއްބަވާ އެމް.އެން.ޑީ.އެފް ގެ ބޭކަލުންނަށް ކައްކައި ކާން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 03 ޑިސެންބަރު 2015 އިން 15 ޑިސެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައި ނަންނޯޓު ކުރަންވާނެއެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
3. މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2015 ޑިސެންބަރު 16 ވާ ބުދަ ދުވަހުގެ 10:00ގައި، މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބިޑް ހުޅުވުން އޮންނާނީ 2015 ޑިސެންބަރު 28 ވާ ހޯމަ ދުވަހުގެ 10:00ގައި މިމިނިސްޓްރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
4. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ، އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ޓެކްސް ކްލިއަރެންސް ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހައެއް) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
5. މި ޕްރޮޖެކްޓް ކާމިޔާބުކުރާ ފަރާތްތަކުން ކައްކައި ކާންދިނުމުގެ ކަންތައްތައް އިންތިޒާމު ކުރަންޖެހޭނީ ޅ. މާފިލާފުށީގައެވެ. ރަށުން ބޭރުން ކައްކައިގެން ގެންދިއުމަށް ހުއްދައެއް ނުދެވޭނެއެވެ.
6. ކައްކައި ކާންދިނުމުގެ އެއްވެސް ޕްރޮޖެކްޓެއްގައި އެއްވެސް ސަބަބަކާހުރެ އެގްރީމަންޓް ބާޠިލު ކުރެވިއްޖެނަމަ، އެ އެގްރީމަންޓް ބާޠިލުކުރެވުނު ތާރީޚުން ފެށިގެން 1 އަހަރުދުވަހުގެ މުއްދަތަށް އެކްސްޕީރިއެންސްގެ ބަޔަށް މާކުހެއް ނުދެވޭނެއެވެ.
7. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭގޮތް:
- މާލީ ތަނަވަސްކަން (ދެވޭ ޖުމްލަ މާކްސް 30، ފާސްވާ މާކްސް 15)
- ތަޖުރިބާ (ދެވޭ ޖުމްލަ މާކްސް 20، ފާސްވާ މާކްސް 10)
- ޓެކްނިކަލް (ދެވޭ ޖުމްލަ މާކްސް 5)
- މެނޫތަކަށް ހުށަހަޅާ އަގު (ދެވޭ މާކްސް 45)
8. އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކަށް މާކްސް ދެވޭ ގޮތުގެ އިތުރު ތަފުސީލު މިޕްރޮޖެކްޓްގެ މަޢުލޫމާތުޝީޓުގައި ހިމެނިފައިވާނެއެވެ.
9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން،
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު، މާލެ، ދިވެހިރާއްޖެ،
ފޯން: 3349191 3349106
ފެކްސް: 3320706
އީމެއިލް: [email protected]
ކޮޕީ: [email protected]