އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފަޅުވެރި

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ފަޅުވެރި

މަޤާމުގެ ރޭންކް:

އެސް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝން:

ސަޕޯޓް ސްޓާފް ގްރޭޑް 2

އޮފީސް / އިދާރާ:

އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

އއ.އަތޮޅު ކައުންސިލްގެ އިދާރާ / އއ. އަތޮޅު ލޯންޗު

މުސާރަ:

-/3،470 ރުފިޔާ

ސަރވިސް އެލަވަންސް:

-/1،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1. ލިޔަންކިޔަން ދަތުމާއެކު، މަޤާމުގައި ކުރަންޖެހޭ މަސައްކަތް ކުރަން އެނގުމާއި، އެ މަސައްކަތް ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހެއްކަމުގައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3. މަޤާމަށް ބޭނުންވާ ތަމްރީނެއް / ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސްގައި ހިމެނޭ ކެޓަގަރީތަކުން A,B ކެޓަގަރީގައި ހިމެނޭ ތަކެތި ދުއްވުމުގެ ލައިސަންސް / ހުއްދައެއް / ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

  1. އަތޮޅު ކައުންސިލް އިދާރާއިން އަންގާގޮތެއްގެމަތިން އަތޮޅު ލޯންޗުގެ ފަޅުވެރިއެއްގެ ހައިސިއްޔަތުން ލޯންޗުގެ ދަތުރުތަކުގައި ބައިވެރިވުމާއި، ދަތުރުމަތީގައި ފަސިންޖަރުންނަށް ބޭނުންވާ ކަންކަމުގައި އެހީތެރިވުމާއި، ތަންތަނަށް ލަފައި ފުރާއިރު ކުރަންޖެހޭ ކަންކަން ކުރުން.
  2. ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް، ލޯންޗު ކެޕްޓަނުގެ އިރުޝާދުގެމަތިން، ލޯންޗުގެ އެހެން ސްޓާފުންނާއެކު ލޯންޗު ސާފުކުރުމުގެ ކަންކަން ކުރުން.
  3. ލޯންޗް ކެޕްޓަން ޗުއްޓީގައި ހުންނަ މުއްދަތުގައި، ކެޕްޓަނެއްގެ ޒިންމާ ނަގައިގެން ދަތުރުތައް ކުރުމާއި ލޯންޗާއި، އިންޖީނާއި، ލޯންޗުގެ އެހެނިހެން އާލާތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ލޯންޗާއި އިންޖީނަށް ބޭނުންވާ ތަކެތި، ލޯންޗުގެ ކަންކަން ބަލަހައްޓާ އިދާރީ މުވައްޒަފަށް ދަންނަވައިގެން ހޯދުން.
  4. ލޯންޗަށް ޕެޓްރޯލް އެޅުމާއި، ފެންލުމާއި، ސަލާމަތާއި ރައްކާތެރިކަމާބެހޭ އާލާތްތައް ހަމައަށް، ބޭނުންކުރެވޭފަދަ ޙާލަތެއްގައި ހުރިތޯ ބަލައި ޔަގީންކޮށް، ރަނގަޅުކުރަންޖެހޭ ކަންކަން ކެޕްޓަނުގެ ސަމާލުކަމަށް ގެނައުން.
  5. ފަންސިންޖަރުންގެ ލަގެޖާއި އެނޫންވެސް ލޯންޗަށް އަރުވަންޖެހޭ ތަކެތި ރައްކާތެރިކަމާއެކު އެރުވުމާއި ބޭލުން.
  6. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ލިބިފައިވާ ތަޢުލީމާއި، ތަމްރީނު (ކަނޑައެޅިފައިވާ އިންސައްތަ 38%)
  2. ލިބިފައިވާ މަސައްކަތު ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ 14%)
  3. އިންޓަވިއު / ލިބިފައިވާ ހުނަރު (ކަނޑައެޅިފައިވާ އިންސައްތަ 48%)

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު، ވަޒީފާއަށް އެދުމުގެ ސުންގަޑި ހަމަވުމަށްފަހު، ޖެހިގެން އަންނަ މަސައްކަތު 15 ދުވަހުގެ ތެރޭގައި މި އިދާރާގައި ނުވަތަ މި އިދާރާއިން ހަމަޖައްސާ ތަނެއްގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މި މަޤާމަށް އެދެންވާނީ، ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމަކުންނެވެ. ވަޒީފާއަށް އެދޭ ފޯމު ހުށަހެޅޭނެ އެންމެ ފަހު ތާރީޚަކީ، 2015 ޑިސެންބަރު 14 ވާ ހޯމަ ދުވަހު މެންދުރު 13:00 އެވެ. ފޯމު ހުށަހަޅާނީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  • އިތުރުގަޑީގެ ފައިސާ: އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް، ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ކަނޑައެޅިފައިވާ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (އއ. އަތޮޅު ކައުންސިލް އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީ.ވީ)
އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، 6660606 ނަންބަރު ފޯނާ ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ، 6660707 އެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.

18 ޞަފަރު  1437

30 ނޮވެންބަރު 2015
ހޯދާ