މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ.

އިޢުލާން

ކޮންޓްރެކްޓްކޮށް މަސައްކަތްކޮށްދޭނެ މުވައްޒަފުން ބޭނުންވެއްޖެ:

މި މިނިސްޓްރީގެ އިންޕޮމޭޝަން ޓެކްނޮލޮޖީ ސަރވިސް ސެކްޝަނުން ހިންގާ ޕްރޮޖެކްޓްތަކާ ގުޅޭ މަސައްކަތްތައް ކުރުމަށް 3 މަސްދުވަހުގެ މުއްދަތަށް މަސައްކަތްކޮށްދޭނެ، ތިރީގައިމިވާ ޝަރުޠުތައް ފުރިހަމަވާ 2 މީހުން ބޭނުންވެއްޖެއެވެ. މި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް (ކޮންމެ 6 ގަޑިއިރަކަށް) -/296 ރުފިޔާގެ އުޖޫރައެއް ދެވޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީ މަސައްކަތަށް ފައިސާ ލިބޭނެއެވެ. އާންމުގޮތެއްގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ ރަސްމީ ގަޑި (ހެނދުނު 08:00 ން މެންދުރުފަހު 14:00) ގައެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠު:                                               

- މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކަންޑްރީ ސެޓްފިކެޓްގެ 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ؛

- ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ނުވަތަ އެއަށްވުރެ މަތީގެ މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ނުވަތަ ގުޅުންހުރި ދާއިރާއެއްގެ ސެޓްފިކެޓް ލިބިފައިވުން.

އިންޓަވިއުކުރުން:

ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު އޮންނާނީ، 13 ޑިސެންބަރު 2015 އާއި 30 ޑިސެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައި ވެލާނާގޭގެ 8 ވަނަ ފަންގިފިލާގައެވެ.

ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 10 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއި، ވަޒީފާގެ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއެކު، ލިޔުމަކުން ހުށަހެޅުން އެދެމެވެ.

ނޯޓް:  

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. 

- ފަރުވާ ބަހައްޓައިގެން މަސައްކަތް ކުރާނަމަ، ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވޭނެއެވެ.

18 ޞަފަރު 1437

30 ނޮވެންބަރު 2015
ހޯދާ