ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ. ސީ. އޭ. ޕީ)
ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ރިސޯޓް ލިއާސަން އޮފިސަރ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީން، ވޯރލްޑް ބޭންކުގެ އެހީތެރިކަމާއެކު ހިންގަމުންގެންދާ ކްލައިމޭޓް ޗޭންޖް އެޑެޕްޓޭޝަން ޕްރޮޖެކްޓް (ސީ. ސީ. އޭ. ޕީ) މަޝްރޫޢުގެ ދަށުން ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރާނެ ރިސޯޓް ލިއާސަން އޮފިސަރެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ.
ރިސޯޓް ލިއާސަން އޮފިސަރގެ މަސައްކަތަކީ، ނެޝަނަލް ކޯރަލް ރީފް މޮނިޓަރިންގ ފުރޭމްވޯކުގެ ދަށުން އެމް. އާރު. ސީ. އިން ބަލަހައްޓަމުން އަންނަ ކޯރަލް ޑޭޓާބޭސް ހިންގުމާއި، ޑޭޓާ އެއްކޮށް ޕްރޮސެސްކުރުމާއި ޕްރެޒެންޓްކުރުމުގައި އެ އެޖެންސީއަށް އެހީތެރިވުމެ.
މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ މައިގަނޑު ޝަރުޠުތަކަކީ:
- އެންވަޔަރަމަންޓަލް ސައިންސް/ އެންވަޔަރަމަންޓަލް މެނޭޖްމަންޓް/ މެރިން ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ބެޗްލާރސް ޑިގްރީއެއް ހާސިލުކޮށްފައިވުން. ނުވަތަ؛
- އެންވަޔަރަމަންޓަލް ސައިންސް/ އެންވަޔަރަމަންޓަލް މެނޭޖްމަންޓް/ މެރިން ސައިންސް ނުވަތަ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ޑިޕްލޮމާއެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 1 (އެކެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ޖީ. ސީ. އޭ. ލެވެލް އިމްތިޙާނުގެ ބައިލޮޖީ މާއްދާއިން ފާސްވެފައިވުމާއި، ޖީ. ސީ. އީ. އޯ ލެވެލް އިމްތިޙާނުން އިނގިރޭސި މި މާއްދާއިން ފާސްވެފައިވުމާއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 3 (ތިނެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން؛
- ސެޓިފައިޑް ޑައިވަރެއްކަމުގައިވުން (PADI/SSI) – ތަޖުރިބާ ހުރި ޑައިވަރުންނަށް އިސްކަންދެވޭނެއެވެ.
- ރީފް ޗެކް/ އީކޯ-ޑައިވާ ސެޓިފިކެޓް ލިބިފައިވާ އަދި ކޮރަލް ރީފް ސަރވޭއަށް އަހުލުވެރިވެފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ޑޭޓާ ބޭސް އަދި އިންފޮމޭޝަން ސިސްޓަމްސް ބޭނުންކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ފަރާއި ކަނޑުގެ ދިރުންތަކާބެހޭ މަޢުލޫމާތު އެނގޭ ފަރާތަކަށްވުން؛
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި، މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭ ފަރާތަކަށްވުން؛
- އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުން؛
- އީ-ލާރނިންގއަށާއި، ކޮމްޕިއުޓަރަށް ރަނގަޅަށް އަހުލުވެރިވެފައިވުން؛
- މީގެ އިތުރުން، ގިނައިރު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުމާއި، މަޝްރޫޢު އަމާޒުކުރެވޭ ސަރަޙައްދުތަކަށް ކަނޑައެޅޭ މުއްދަތުތަކަށް ގޮސް ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައި ވާންޖެހޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން "އެކްސްޕްރެޝަންސް އޮފް އިންޓްރަސްޓް" ހުށަހެޅުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީގެ ފަރާތުން ހުޅުވައިލަމެވެ. މި ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، މި މަސައްކަތްކުރުމުގެ ޤާބިލްކަން ސާބިތުކޮށްދިނުމުގެ މަޢުލޫމާތު އަންގައިދިނުމުގެގޮތުން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލާއި، މިފަދަ މާޙައުލުތަކުގައި މަސައްކަތްކުރުމުގެ ތަޖުރިބާއާއި، ތަޢުލީމީ ފެންވަރާއި، ހުނަރާއި، އެހެނިހެން މަޢުލޫމާތު ހިމެނޭ ވަނަވަރު ހުށަހަޅަންވާނެއެވެ.
މީހުން ހޮވުމުގައި ޢަމަލުކުރެވޭނީ، ވޯލްޑް ބޭންކުގެ ކޮންސަލްޓަންޓުން ހޮވުމަށާއި ވަޒީފާ ހަމަޖެއްސުމަށް ކަނޑައަޅާފައިވާ އުޞޫލުތައް: ޖަނަވަރީ 2011 އާ އެއްގޮތްވާގޮތުގެމަތިންނެވެ.
މަސައްކަތަށް ހޮވޭ ފަރާތަކަށް، އެފަރާތެއްގެ މަސައްކަތުގެ ތަޖުރިބާއާއި ތަޢުލީމީ ފެންވަރަށް ބަލައި، -/10،000 ރުފިޔާގެ އުޖޫރައެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތުގެ މުއްދަތަކީ، 30 (ތިރީސް) މަސްދުވަހެވެ. އަދި މުއްދަތު އިތުރުކުރަން ޖެހިއްޖެ ހިނދެއްގައި މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރެވިދާނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 17 ވަނަ ދުވަހުގެ 14:00 ގެ ކުރިން، "އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް" މެއިލް، އީމެއިލް ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުވުން އެދެމެވެ. މި މަސައްކަތަށް ހޮވޭ ފަރާތުން މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ޖަނަވަރީ 2016 ގައެވެ.
އިތުރު މަޢުލޫމާތު ސާފުކުރުމަށް ތިރީގައިވާ އެޑްރެހަށް ލިޔުން އެދެމެވެ.
ޕްރޮޖެކްޓް މެނޭޖަރ
ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
ފޯނު: 3018415 960+، ފެކްސް: 3018301 960+
އީމެއިލް: [email protected]
21 ޞަފަރު 1437