ކ.އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
04 ފާޚާނާގެ ފާޚާނާބަރިއެއް ހެދުމާބެހޭ

މިމަރުކަޒުގެ ދަރިވަރުން ބޭނުންކުރުމަށްޓަކައި 4 ފާޚާނާގެ ފާޚާނާބަރިއެއް ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު ނަންބަރު GS-14/IUL/2015/29ފ(17 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގެންފައިވަނީ 1 ފަރާތަކުން ކަމުގައިވާތީ، އެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިސައްކަތްތައް ކޮށްދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 3 ވާ ބުރާސްފަތިދުވަހުގެ ހެނދުނު 13:00 އަށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2015 ޑިސެންބަރު 8 ވާ އަންގާރަދުވަހުގެ މެންދުރުފަހުގެ 13:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

05 ޞަފަރު 1437

17 ނޮވެންބަރު 2015
ހޯދާ