ކަމަދޫ މަދަރުސާ، ބ. ކަމަދޫ
ދިވެހިރާއްޖެ
އޮފީސް ޢިމާރާތަށް ބައެއް އިތުރުކުރުމަށްޓަކައި ބޮޑުކުރާބައި ޢިމާރާތް ކޮށްދޭނޭ ފަރާތެއް ހޯދަން

އަންދާސީހިސާބު ހޯދުން

މިމަދަރުސާގެ އޮފީސް ޢިމާރާތަށް ބައެއް އިތުރުކުރުމަށްޓަކައި މި ސްކޫލުން ހުށަހަޅާ ކަންތައްތަކާއި މަޢުލޫމާތާ އެއްގޮތަށް ބޮޑުކުރާބައި އަމިއްލަ ތަކެތީގައި ޢިމާރާތް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަސައްކަތްކޮށްދޭނޭ އަގުގެ އަންދާސީހިސާބު 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 13:00 އަށް މިމަދަރުސާއަށް ހުށަހެޅުއްވުން އެދެމެވެ. މިމަސައްކަތާގުޅޭ މަޢުލޫމާތު ސާފުކުރުން އޮންނާނީ 2 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 ގައި ކަމަދޫ މަދަރުސާގެ ކޮމްޕިއުޓަރ ލެބްގައެވެ. ފޯނުންނަމަ 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 އާ ހަމައަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 13:00 ގެ ކުރިން މިމަދަރުސާގެ ފޯން ނަންބަރު 660015 އާ ގުޅުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ. މިމަސައްކަތާ ގުޅިގެން މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީހިސާބާއި، އީމެއިލް މެދުވެރިކޮށް ފޮނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

އަންދާސީހިސާބުން އެނގެން ބޭނުންވާނެ މަޢުލޫމާތާއި ހުށަހަޅަންޖެހޭ ތަކެތި:

1. މަސައްކަތް ކޮށްދެވޭނެ އެންމެ ކުޑަ އަގު.

2. މަސައްކަތް ފަށާ އަދި ނިންމާނެ ތާރީޚު.

3. މިފަދަ މަސައްކަތްތަކުގެ މީގެ ކުރީގެ ތަޖުރިބާ.

4. އަމިއްލަ ފަރާތަކުން ހުށަހަޅާނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ދެފުށުގެ ސާފު ކޮޕީ.

5. ކުންފުޏަކުން ހުށަހަޅާނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ.

އަންދާސީހިސާބަށް މާކްސް ދެވޭނެ މިންގަނޑުތައް:

ދާއިރާ

މާރކްސް ދެވޭނެގޮތް

ތަފުސީލު

ފޮރމިއުލަރ

އަގު

80%

ޚިދުމަތުގެ އަގަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މި އިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓީރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ މަތީ މާކްސް ލިބޭނީ އެންމެ ކުޑައަގަށެވެ.

(Benchmark Price/Submitted Price)x Allocate percentage

މުއްދަތު

10%

މުއްދަތަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުރު މުއްދަތަކީ ބެންޗުމާކް ކަމުގައި ބަލައިގެން ކްރައިޓިރިއާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ކުރު މުއްދަތަކަށެވެ.

(Benchmark days/Submitted number of days)x Allocate percentage

ތަޖުރިބާ

10%

ތަޖުރިބާއަށް ދެވޭ މާކްސް.

މާކްސް ދެވޭނީ މިއިދާރާގެ ބިޑް އިވެލުއޭޝަނުން ފާސްވާ ފަރާތްތަކުގެ ތެރެއިން ތަޖުރިބާގެ ގޮތުގައި ހުށަހަޅާ އެންމެ ދިގު މުއްދަތަކީ ބެންޗްމާކް ކަމުގައި ބަލައިގެން ކްރައިޓީރިޔާއަށް އެލޮކޭޓް ކުރެވިފައިވާ % ހުރިހާ މުއްދަތުތަކެއްގެ މެދުގައި ބަހާލައިގެންނެވެ. އެގޮތުން އެންމެ ގިނަ މާކްސް ލިބޭނީ އެންމެ ދިގު މުއްދަތަކަށެވެ.

(Benchmark Term/Submitted Term)x Allocate percentage

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

13 ޞަފަރު 1437

25 ނޮވެންބަރު 2015
ހޯދާ