އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމާގުޅޭ

1- 2016 ޖަނަވަރީ 1 ން 2016 ޑިސެންބަރު 31ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ކަމަށް ގާބިލު ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

  • މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 3 ޑިސެންބަރު 2015 ވާ ބުރަސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

ސެކިއުރިޓީ ބަލަހައްޓައިދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 10 ޑިސެންބަރު 2015 ވާ ބުރަސްފަތި ދުވަހުގެ މެންދުރުފަހުގެ 1:00 ގައި މި ސްކޫލް އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، ރ.އަނގޮޅިތީމު ސްކޫލުގެ ސެކިއުރިޓީ ބެލެހެއްޓުން މިހެން ލިޔެފައި އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ހާޒިރުނުވެވުނު ސަބަބާއި، ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކޮށް، އަންދާސީހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.

13 ޞަފަރު 1437  

25 ނޮވެންބަރު 2015
ހޯދާ