ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކަސްޓަމަރ ރިލޭޝަންސް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކަސްޓަމަރ ރިލޭޝަންސް އޮފިސަރ

މަޤާމުގެ ރޭންކް:

އެމް. އެސް. 2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ސެކްޝަން:

މެނޭޖިރިއަލް ސަޕޯޓް

މުސާރަ:

-/6295 ރުފިޔާ

ސަރވިސް އެލެވަންސް:

-/2000 ރުފިޔާ

ލިވިންގ އެލަވަންސް:

-/3000 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

25/2203

އޯވަޓައިމް އެލަވަންސް:

އިތުރުގަޑީގައި މަސައްކަތްކުރާ ދުވަސްތަކަށް ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ބޭނުންވާ އަދަދު:

1 (އެކެއް)

ތަޢުލީމާއި ތަޖުރިބާ:

ބިޒްނަސް އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް ނުވަތަ ވަޒީފާއާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތު:

  1. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތަކީ ޚިދުމަތް ހޯދާ ފަރާތްތަކުގެ މަޤުބޫލުކަން ލިބޭނެފަދަ ގޮތަކަށް ޚިދުމަތްދޭ ތަނެއްކަން ޔަގީންކުރުން.
  2. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް ރަގަނޅުކޮށް ޒަމާނީކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.
  3. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގެ ޚިދުމަތް އެއްފެންވަރެއްގައި ދިނުމަށްޓަކައި އެސް.އޯ.ޕީ ތައް އެކުލަވައިލުން.
  4. ކޮމިޝަނުގެ އިދާރާގެ ކައުންޓަރުގައި ހިނގާ މަސައްކަތްތައް ބަލައި ސުޕަވައިޒްކުރުން.  
  5. ކޮމިޝަނުގެ އިދާރާއަށް އަންނަ ސިޓީއާއި، ފެކުހާއި، އެހެނިހެން ތަކެތި ބަލައިގަނެ، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  6. ކޮމިޝަނުގެ އިދާރާގެ ކައުންޓަރަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވުމާއި، އެ ފަރާތްތަކުން ގުޅަންބޭނުންވާ ފަރާތްތަކާއި ގުޅުވައިދިނުން.
  7. ކޮމިޝަން އިދާރާގެ ފޯންތަކާއި، އެކްސްޓެންޝަންތައް ބަލަހައްޓައި، ދިމާވާ މައްސަލަތައް ޙައްލުކުރުމާއި، މައްސަލަ ޙައްލުކުރެވިފައިވޭތޯ ބެލުން.
  8. ކޮމިޝަނުގެ އިދާރާއަށް ލިބޭ ލިޔުންތައް އެންޓަރކޮށް، ކަމާބެހޭ ފަރާތްތަކަށް އެސައިންކުރުމާއި، ޖެމްސް، އީމެއިލް މެދުވެރިކޮށް ލިބޭ ލިޔުންތައް ކަމާބެހޭ ފަރާތްތަކަށް އެސައިންގކުރުން.
  9. ކޮމިޝަން އިދާރާގެ ސެކްޝަންތަކުން ބޭނުންވެގެން އެދޭ ސްޓޭޝަނަރީ، ކޮންސިއުމަބްލްސްއާއި، އެސެޓްތަކުގެ ރިކުއެސްޓްތައް ބަލައިގަނެވޭނެ ނިޒާމެއް ޤާއިމްކޮށް ހިންގައި ބެލެހެއްޓުމާއި، އެގޮތަށް ލިބޭ ރިކުއެސްޓްތައް ވަޒަންކޮށް، ކޮންމެހެން ހޯދަންޖެހޭކަމަށް ކަނޑައަޅާ ތަކެތި ހޯދުމާ ގުޅޭގޮތުން ކަމާބެހޭ މުވައްޒަފުންނާ ގުޅިގެން މަސައްކަތްކުރުން.
  10. ކޮމިޝަން އިދާރާގެ އަހަރީ ރިޕޯޓް އެކުލަވައިލުމަށް ބޭނުންވާ މަޢުލޫމާތު ކަމާބެހޭ ސެކްޝަނުން ކޮންމެ މަހަކު ހޯދައި އަހަރީ ރިޕޯޓް އެކަލަވައިލުން.
  11. ކޮމިޝަނުގެ އިދާރާގެ ޔައުމިއްޔާ ލިޔެ ބެލެހެއްޓުން.
  12. ކޮމިޝަން އިދާރާގެ ލިޔެކިއުންތައް ފަސޭހައިން ރައްކާކުރެވޭނެ އަދި ބޭނުން  ކޮންމެ ވަގުތަކު ފަސޭހައިން ހޯދޭނެފަދަ ނިޒާމެއް ޤާއިމްކޮށް ބެލެހެއްޓުން. މީގެ ތެރޭގައި، އިދާރާގެ ފަރާތުން ބަލަހައްޓާ ގުދަންތައްވެސް ހިމެނެއެވެ.
  13. ކޮމިޝަން އިދާރާގެ ސްޓޮކް ގަވާއިދުން ބަލަހައްޓައި، މަސައްކަތާއި ވަޒީފާއާ ގުޅޭގޮތުން މުވައްޒަފުން ހޯދަން ބޭނުންވާ ތަކެތި ރަސްމީ ގަޑީގައި ހުންނަ ވަގުތުގައިވެސް ލިބޭނެ އިންތިޒާމް ހަމަޖައްސައި، އެތަކެތީގެ ރެކޯޑް ބެލެހެއްޓުން.
  14. ސީނިއަރ މެނޭޖްމަންޓް ޓީމް (އެސް. އެމް. ޓީ) އަދި ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ (އެޗް. އާރް. އެމް. ޑީ) ގެ ބައްދަލުވުންތަކުގެ ސެކްރެޓޭރިއަޓް ބެލެހެއްޓުން.
  15. ކޯޕަރޭޓް ސަރވިސްގެ ޔުނިޓްތަކުގެ ފައިލިންގެ މަސައްކަތްކުރުން.
  16. ހަވާލުކުރެވޭ މަސައްކަތްތަކާ ގުޅިގެން، އަދާކުރަންޖެހޭ އެހެނިހެން މަސްއޫލިއްޔަތުތައް އަދާކުރުން.
  17. ކޯޕަރޭޓް ސަރވިސަސްއިން ކުރާ އެހެނިހެން މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  18. ކޮމިޝަނުގެ އިދާރާގެ އަދި ޔުނިޓުގެ މަސައްކަތްތަކުގެ ތެރެއިން ޚާއްޞަ ޙާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  19. ކޮމިޝަނުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ސެކްރެޓަރީ ޖެނެރަލް ހަވާލުކުރާ މަސައްކަތްތައް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:

2015 ޑިސެންބަރު 3 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ (ހ. ވެލާނާގޭގެ 12 ވަނަ ފަންގިފިލާ)

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިލަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ތަޢުލީމާއި ތަމްރީނު (ކަނޑައެޅިފައިވާ އިން ސައްތަ: %38)
  • މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިން ސައްތަ: %8)
  • އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (ކަނޑައެޅިފައިވާ އިން ސައްތަ: %54)
އިންޓަވިއު އާއި، ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 6 ޑިސެންބަރު 2015 އާއި 9 ޑިސެންބަރު 2015 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3307302 ނަންބަރު ފޯނަށް ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ. އިތުރު މަޢުލޫމާތު، މި ކޮމިޝަނުގެ http://www.csc.gov.mv ގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

13 ޞަފަރު 1437

25 ނޮވެންބަރު 2015
ހޯދާ