ތުޅާދޫ ސްކޫލް
ދިވެހިރާއްޖެ
ބައެއް ޢިމާރާތްތަކުގެ މަރާމާތުތައް ކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ

މި ސްކޫލުގެ ނަންބަރު IUL)GS56/2015/34) އިޢުލާނަށް ލިބިފައިވާ އަންދާސީހިސާބުތައް ކަނޑައެޅިފައިވާ ބަޖެޓަށްވުރެ ބޮޑުވާތީ، އެ އަންދާސީހިސާބުތައް ބާޠިލުކޮށް، އަލުން އިއުލާން ކުރަމެވެ.

މި ސްކޫލުގެ ބައެއް ޢިމާރާތްތަކުގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއެވެ.

  • ސީލިންގ ކުރުން
  • ކުލައާއި ދަވާދުލުން

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 08 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 14 ޑިސެންބަރު 2015 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 އަށް ސްކޫލަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއަކާއެކު މަޢުލޫމާތު ސާފުކުރަން ދުރުވާ ބޭފުޅެއްގެ އައިޑީ ކާޑުގެ ކޮޕީއެއް ގެންނަންވާނެއެވެ. މަޢުލޫމާތު ސާފުކުރައްވަން އެގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 15:00 އަށް 6600136 ނަންބަރު ފޯނާއެވެ.

24 ނޮވެންބަރު 2015
ހޯދާ