މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓަންޓް ސިކިއުރިޓީ އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

އެއަރޕޯޓްތައް ތަރައްޤީކޮށް ހިންގުމުގައި ރާއްޖޭގައި އެންމެ ޤާބިލް އަދި ތަޖުރިބާހުރި މި ކުންފުނީގެ ވަޒީފާ އަދާކުރާހިތްވާ، ކަމަށް ޤާބިލް، އުފެެއްދުންތެރި، ހީވާގި އަދި ނަތީޖާ ހާސިލުކުރެވޭނެ ފަރާތްތަކަށް، ތިރީގައި ބަޔާންކުރާ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމް : އެސިސްޓަންޓް ސިކިއުރިޓީ އޮފިސަރ

ބޭނުންވާ އަދަދު: 1 (އެކެއް) 

މަސައްކަތް ކުރަންޖެހޭ ތަން: އިބްރާހީމް ނާޞިރު އިންޓަނޭޝަނަލް އެއަރޕޯޓް (ހުޅުލެ)/ އެއިރޯޑްރޯމް ސޭފްޓީ އެންޑް ކޮލިޓީ ޑިވިޜަން

މަޤާމުގެ ޝަރުޠު:

- ޖީ. ސީ. އީ. އޯލެވެލް އިމްތިޙާނުން އިނގިރޭސިއާއިއެކު 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

- އިނގިރޭސިބަހާއި ދިވެހިބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- ބޭސިކް ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ބޭނުންކުރަން އެނގުން (މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖް)

އުމުރު:

18 އަހަރާއި 25 އަހަރާ ދެމެދު.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތް:

- އެއަރޕޯޓުގެ ސިކިއުރިޓީ ހަރަކާތްތައް މޮނިޓަރކޮށް ބެލެހެއްޓުމާއި، ޤަވާޢިދުތަކާއި، މިންގަޑުތަކާއި، ހަމަޖެހިފައިވާ އުޞޫލްތަކާ އެއްގޮތަށް ރެކޯޑް ބެލެހެއްޓުން.

- ޤަވާޢިދުތަކާއި، ހަމަޖެހިފައިވާ އުޞޫލްތަކާއި، މިންގަޑުތަކަށް ނުފެތޭގޮތަށް ހުންނަ ކަންތައްތައް ފާހަގަކޮށް، އެކަންކަމުގެ ރިޕޯޓް ތައްޔާރުކޮށް، ސުޕަވައިޒަރުގެ ސަމާލުކަމަށް އެކަން ގެނައުން.

- އެއަރޕޯޓުގެ ސިކިއުރިޓީ ހަރަކާތްތައް ރަނގަޅަށް ލޮގްކޮށް، އެކަމާގުޅޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެހެއްޓުން.

- އެއަރޕޯޓުގައި ހިންގޭ ސިކިއުރިޓީ ޓްރެއިނިންގ ފަދަ ކަންތައްތައް އޮގަނައިޒްކޮށް ހިންގުމުގައި އެހީތެރިވެދިނުން.

މުސާރައާއި ޢިނާޔަތްތައް:

- މުސާރައާއި އެލަވަންސް: މަހަކު 11,000 ރުފިޔާއާއި 10,000 ރުފިޔާއާ ދެމެދު.

- ހަމަޖެހިފައިވާ އުސޫލުގެމަތިން ކުންފުނީގެ ހެލްތު އިންޝުއަރަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 - ސީވީއާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

-  ސްކޫލް ލީވިންގ ސެޓްފިކެޓުގެ ކޮޕީ.

-  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ކޮޕީ. 

-  ކުރިން އަދާކޮށްފައިވާ ވަޒީފާތަކާ ގުޅޭ ލިޔެކިޔުންތަކުގެ ކޮޕީ.

-  3 މަސްދުވަސް ހަމަނުވާ ޕޮލިސް ރިޕޯޓް

ކުރިމަތިލުމުގެ ސުންގަޑި:

3 ޑިސެންބަރު 2015 ގެ 16:00

ވަޒީފާއަށް އެދޭ ސިޓީ އެޑްރެސްކުރާނީ:

ޖެނަރަލް މެނޭޖަރ، ހިއުމަން ރިސޯސަސް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ކޯޕަރޭޓް އޮފީސް، ހުޅުލެ، ދިވެހިރާއްޖެ

އިތުރު މަޢުލޫމާތު: ފޯނު – 3325511 

މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަނުވާ ފަރާތްތަކާއި، ލިޔުންތަކުގެ ކޮޕީ ނެތް ފަރާތްތަކުގެ ސިޓީއާއި ފޯމް ބަލައެއް ނުގަނެވޭނެއެވެ.

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ