ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މި މިނިސްޓްރީ އާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސް ތަކުގައިމަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަން ހުރި، ގާބިލް މީހުންނެވެ.

އޮފީސް

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ

ކުޑަކުދިންގެ ހިޔާ، ވިލިނގިލި

މަގާމު

މަސައްކަތު

ބޭނުންވާ ޢަދަދު

01

މަގާމުގެ ކްލެސިފިކޭޝަން:  ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް:1SS

މުސާރަ

މަހަކު-/3100 ރުފިޔާ

 

 

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

 

  1. ކުޑަކުދިންގެ ހިޔާއާއި އަމާން ހިޔާ އެތެރެއާއި، ގޯތިތެރެ އަދި މަގުމަތި ކުނިކަހާ ސާފުކުރުން.
  2. ކައްކާ މީހަކު ނެތިއްޖެނަމަ ނުވަތަ ޑިއުޓީގައި މަދުނަމަ އޮފީހުގެ އެންގުމަށް ހިޔާގައްޔާއި އަމާންހިޔާގައި ތިބޭ ކުދިންނަށް ކައްކާ ކާންދިނުން.
  3. ހިޔާގައި ނުވަތަ އަމާންހިޔާގައި ތިބޭކުދިން ބެލެހެއްޓުމުގެ މަސައްކަތަށް ދިއުމަށް އޮފީހުން އަންގައިފިނަމަ، އެމަސައްކަތް ކުރުން.
  4. ކުޑަކުދިންގެ ހިޔާއާއި އަމާންހިޔާގައި ތިބޭ ކުދިންގެ އެެއްޗެހި ދޮވެ އިސްތިރިކުރުމުގެ މަސައްކަތުގައި އެހީތެރިވުން.
  5. ކުޑަކުދިންގެ ހިޔާއާއި އަމާންހިޔާގެ އޮފީސްތެރެ އަދި ސައި ކޮޓަރި ސާފުތާހިރުކޮށް ބެލެހެއްޓުން.
  6. ކުޑަކުދިންގެ ހިޔާގައި ހިންގޭ އެކި ހަރާކާތްތަކާއި މަސައްކަތްތަކުގައި ބައިވެރިވެ އެހީތެރިވުން.

 

މަޤާމު

ކުދިންބަލަހައްޓާ (ވަގުތީ) 3 މަސް ދުވަހަށް

ބޭނުންވާ ޢަދަދު

05

މަގާމުގެ ކްލެސިފިކޭޝަން: ސަޕޯރޓު ސްޓާފް ގރ.1

ރޭންކް: SS1

 

މުސާރަ

މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން

ކުޑަކުދިންގެ ހިޔާ

ތަޢުލީމާއި ތަޖުރިބާ

  1. ލިޔަންކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

ކުރަންޖެހޭމައިގަނޑު މަސައްކަތްތައް

1.  ކުޑަކުދިންގެ ހިޔާ/އަމާންހިޔާގައި، ތިބޭ ކުދިންގެ އެންމެހާ ކަންތައްތައް (ކާންބޯންދިނުމާއި، ފެންވެރުވުމާއި،ސްކޫލަށްގެންދިއުންފަދަ) ބެލެހެއްޓުން.

2. ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓްގައިވާ އެންމެހާ ކަންތައްތަކަށް އަމަލު ކުރުން.

 

ޢިނާޔަތްތައް

1. ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާލިބޭނެއެވެ.

2. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ )އެކްރެޑިޓް ނުކުރާ ސެޓްފިކެޓް ހުށަހެޅި ކަމުގައިވިއަސް ބާޠިލުވާނެއެވެ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ރެފްރީންގެ މަޢުލޫމާތުދީފައިވާނަމަ ރެފްރީންގެ ލިޔުން ވަނަވަރާއެކު ހުށަހަޅަންވާނެއެވެ. އަދި ވަނަވަރުގައި ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  4. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކިޔަން އެނގޭ ސާފު ކޮޕީ
  5. ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއްނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  6. ވަޒފާގެ ދާއިރާއާއިގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވި ކަމުގެ ލިއުންތައް.
  7. ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާއަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭނޭ ލިޔުމެއް.

 

ސުންގަޑި

2015 ޑިސެމްބަރ 08 ވާ އަންގާރާ ދުވަހުގެ 02:00 ގެ ކުރިން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (ބިއްލޫރި ޖެހިގެ) އަށް / ކުޑަކުދިންގެ ހިޔާއަށް

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން: 

މި މަޤާމުތަކަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަރވިއު ކުރުން އޮންނާނީ މި އިޢުލާނުގެ މުއްދަތު ހަމަވާތާ އެއްމަސްދުވަހުގެ ތެރޭގައި (ބަންދުދުވަސްތައް ނުހިމަނައި) އެވެ. އިންޓަރވިއު އޮންނާނީ ކުޑަކުދިންގެ ހިޔާގައެވެ.

އިތުރުމަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3391693 އެވެ. ވަޒީފާއަށް އެދޭ ފޯމް ކުޑަކުދިންގެ ހިޔާއިން ލިބެން ހުންނާނެއެވެ.

30 ނޮވެންބަރު 2015
ހޯދާ