ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:

ކޮމްޕިއުޓަރ ޓެކްނީޝަން (ޓްރޭނީ)

 

މަޤާމުގެ ރޭންކް:

ޖީ. އެސް. 3

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން:

ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓްކޯޓް

އަސާސީ މުސާރަ:

4465.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ)

 

މި މަޤާމަށް ލިބޭ އެލަވަންސް:

  • ސަރވިސް އެލަވަންސް: 1500.00 (ފަނަރަ ސަތޭކަ ރުފިޔާ)
  • ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %20 
  • ލިވިންގ އެލަވަންސް: 2550.00 (ދެހާސް ފަސްސަތޭކަ ފަންސާސް ރުފިޔާ)
  • ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

އަސާސީ ޝަރުޠު:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި  "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުން ދިޔުމާއެކު، GS ގެ ރޭންކްގައި މަދުވެގެން  2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

  • މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ކޮމްޕިއުޓަރުތަކަށް ދިމާވާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަންކުރުން.
  • މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ނެޓްވޯކް މަރާމާތުކޮށް ބެލެހެއްޓުމާބެހޭ އެންމެހައި ކަންކަން ކުރުން.
  • މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ މެޝިނަރީތަކަށް ދިމާވާ މައްސަލަތައް ބަލައި، އެތަކެތި މަރާމާތުކުރުމާބެހޭ މަސައްކަތްކުރުން.
  • މި އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުން ކުރާ މަސައްކަތްތަކާ ގުޅިގެން އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ޤާނޫނާއި ޤަވާޢިދުގެ ތެރެއިން ކޯޓުގެ އިސްވެރިން ހަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

ހުށަހަޅަންޖެހޭ ތަކެތި:

 

 

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު (ސީ.ވީ)
ސުންގަޑި:

2015 ޑިސެންބަރު 7 ވާ ހޯމަ ދުވަހުގެ 13:00 

 

އެހެނިހެން މަޢުލޫމާތު:

- މި މަޤާމަށް މީހަކު ހޮވުމުގައި ، ރަށްރަށުގެ ކޮމްޕިއުޓަރާއި، ނެޓްވޯކާއި، މެޝިނަރީއާއި، އިކްވިޕްމަންޓަށް ދިމާވާ އެކިއެކި މައްސަލަތައް ޙައްލުކޮށްދިނުމަށް އެ ރަށްރަށަށް ދެވޭނެ ފަރާތްތަކަށާއި ކޮންޕިއުޓަރު މަރާމާތުކުރަން އެނގޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުން ލިބެން ހުންނާނެއެވެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ www.judiciary.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

18 ޞަފަރު 1437
 
30 ނޮވެންބަރު 2015
ހޯދާ