ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ކޭބަލްތަކެއް ގަތުމާބެހޭ

މިކުންފުނީގެ ރަށްރަށުގެ ބްރާންޗްތަކުގެ ބޭނުމަށް ކޭބަލް ގަތުމަށް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި މިވާ މަޢުލޫމާތާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެދި ދަންނަވަމެވެ.

ކޭބަލްއާ ބެހޭ އެހެނިހެން މަޢުލޫމާތު ހިމެނޭނީ ބިޑް ޑޮކިޔުމަންޓްގައެވެ. މި ޑޮކިޔުމަންޓަކީ ވިއްކާގޮތަށް ހަމަޖެހިފައިވާ ޑޮކިޔުމެންޓެއް ކަމުގައި ދަންނަވަމެވެ.

  • ބީޑް ޑޮކިއުމަންޓްގެ އަގު: USD 200.00 ނުވަތަ އެއަދަދަށްވާ ދިވެހިފައިސާ (ނޮން ރިފަންޑަބަލް)
  • ބިޑް ޑޮކިއުމަންޓް ވިއްކާ މުއްދަތު: 2015 ނޮވެންބަރު 29 ން 2015 ޑިސެންބަރު 10 ގެ ނިޔަލަށް ރަސްމީގަޑީގައި 08:30 އިން 15:30 އަށް.
  • ފައިސާ ބަލައިގަންނަ ތަން: 07 ވަނަ ފަންގިފިލާ، ޕޯޓް ކޮމްޕްލެކްސް. ފެނަކަ ކޯޕަރޭޝަން ލިމިޓެޑް.
  • ބިޑް ސެކިއުރިޓީ: 5000.00 USD (ވެލިޑިޓީ: 60 ދުވަސް)
  • މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނި ކަމުގައި ދަންނަވަމެވެ.
  • މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2015 ޑިސެންބަރު 17 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މި ކުންފުނީގެ ހެޑްއޮފީހަށް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މިގަޑީގެ ފަހުން ދުރުވާ ފަރާތްތަކަށް ޕްރީ-ބިޑް ސެޝަންގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.
  • މި ބިޑްގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑް ޑޮކިއުމަންޓް ގަންނަ ފަރާތްތައް އެކަނިކަމުގައި ދަންނަވަމެވެ.
  • އަންދާސީހިސާބު ހުށަހެޅުއްވުން: 04 ޖަނަވަރީ 2016 ވާ ހޯމަ ދުވަހުގެ 14:30 އަށެވެ. އަދި އަންދާސީހިސާބު ހުށަހަޅުއްވާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ). އަންދާސީހިސާބުތައް 14:30 ގައި ހާޒިރުވެ ތިއްބެވި ބޭފުޅުންގެ ކުރިމަތީގައި ހުޅުވައި އަގުތައް ޢާންމު ކުރެވޭނެއެވެ.
  • މިގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

14 ޞަފަރު 1437

26 ނޮވެންބަރު 2015
ހޯދާ