މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން

ސަރކިއުލަރ

ލިބެންވީ: ބޮޑެތި ޓެކްސް ދައްކާ ފަރާތްތައް

މައުޟޫއު:  ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން ލާޒިމުކުރުން

16 ޖުލައި 2015 ގައި ނެރެފައިވާ ޓެކްސް ރޫލިންގ ނަންބަރު TR-2015/A3 (ބޮޑެތި ޓެކްސް ދައްކާ ފަރާތްތަކުން އޮންލައިންކޮށް ޓެކްސް ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުން) އާ ހަވާލާދީ ދަންނަވަމެވެ.

އަހަރެއްގެ މައްޗަށް ލިބޭ އާމްދަނީ 100 މިލިއަން ރުފިޔާ ނުވަތަ އެއަށްވުރެ އިތުރުވާ ޓެކްސް ދައްކާ ފަރާތްތަކުން، 1 ޖަނަވަރީ 2016 ގެ ފަހުން މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތައް މީރާކަނެކްޓް މެދުވެރިކޮށް ހުށަހެޅުމަށާއި، ދައްކަންޖެހޭ ފައިސާ މީރާކަނެކްޓް ނުވަތަ މޯލްޑިވްސް ރިއަލް ޓައިމް ގްރޮސް ސެޓްލްމެންޓް (އެމް.އާރ.ޓީ.ޖީ.އެސް) މެދުވެރިކޮށް ދެއްކުމަށް ހަވާލާދީފައިވާ ޓެކްސް ރޫލިންގއިން ލާޒިމުކުރެއެވެ.

އެހެންކަމުން، ތިޔަ ފަރާތްތަކުން 10 ޑިސެންބަރު 2015 ގެ ކުރިން މީރާކަނެކްޓް އެކައުންޓަކަށް އެދި ހުށަހެޅުމަށް އިލްތިމާސްކުރަމެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް ނުވަތަ MIRA111 ފޯމު (މީރާކަނެކްޓް އެކައުންޓަކަށް އެދުން) ހުށަހެޅުމުން މީރާކަނެކްޓަށް ރަޖިސްޓަރީވެވޭނެއެވެ. 

10 ޑިސެންބަރު 2015 އާ ހަމައަށް މީރާކަނެކްޓް އެކައުންޓަކަށް އެދި ހުށަހަޅައިފައިނުވާ ފަރާތްތައް މީރާކަނެކްޓަށް ރަޖިސްޓަރީ ކުރުމަށްފަހު ކަމާބެހޭ މަޢުލޫމާތު މީރާގައި ރަޖިސްޓަރީކޮށްފައިވާ އީ-މެއިލް އެޑްރެހަށް ފޮނުވޭނެއެވެ.

މި ކަމާ ގުޅޭ އިތުރު މަޢުލޫމާތު މީރާކަނެކްޓް ގައިޑުން ލިބޭނެއެވެ.

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މި އޮތޯރިޓީގެ ހޮޓްލައިން 1415 އަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

22 ނޮވެންބަރު 2015
ހޯދާ