ދިވެހިރާއްޖެ
ޕްރޮޖެކްޓް ނަންބަރު: TES/2015/W-159
ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު
1. ދިވެހިސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވާރލްޑް ބޭންކުގެ އެހީއާއެކު ތަންފީޒުކުރަމުންދާ އެންހޭންސިންގ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އީ.އީ.ޑީ.ޕީ)ގެ ދަށުން ނ.ހޮޅުދޫ މޭނާ ސްކޫލުގައި 06 ކްލާސްރޫމް އަދި މަލްޓި ޕާޕޯސް ހޯލެއް އިމާރާތް ކުރާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
2. ވީމާ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ބޭނުމަށް މަތީގައި ދެންނެވިފައިވާ މަސައްކަތަށް ޝަރުޠު ހަމަވާ، އެކަށީގެންވާ ތަޖުރިބާ ހުރި، އަދި މިފަދަ މަސައްކަތެއް ކުރުމުގެ ޤާބިލުކަން ލިބިފައިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވައިލަމެވެ.
3. މި މަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވާރލްޑް ބޭންކުގެ ”އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) “ ވާރލްޑްބޭންކު ގައިޑްލައިންސްގައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލެވިގެންނެވެ.
4. މި ބީލަމުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނޭޝަނަލް ކޮންޓްރެކްޓަރސް ރަޖިސްޓަރީގައި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކުގެ ތެރެއިން ތިރީގައިވާ ގްރޭޑްތަކަށް ޝަރުޠު ހަމަވާ ފަރާތްތަކަށެވެ.
1-GC01-3 ,GC01-2 ، GC01 ، އަދި 4-GC01
5. ބީލަމުގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ރުފިޔާގެ ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 26 ނޮވެންބަރު 2015 އިން 24 ޑިސެންބަރު 2015 އަށް، ބަންދުނޫން ކޮންމެ ދުވަހަކު 08:30 އިން 13:30 އަށް މި މިނިސްޓްރީންނެވެ. ބީލަންފޮތް ސޮފްޓްކޮޕީ ފޯމެޓްގައި މިމިނސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޓެންޑަރ އިވެލުއޭޝަން ސެކްޝަން
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،
އަމީނީމަގު،
މާލެ، ދިވެހިރާއްޖެ،
ޓެލެފޯން: 960.3349125+
ފެކްސް: 960.3320706+
އީމެއިލް: [email protected]
ކޮޕީ: [email protected]
7. ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއްވާނަމަ އެ ފައިސާ ދައްކައި ޚަލާޞް ކޮށްފައިވާ ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީން ދޫކޮށްފައިވާ ލިޔުން (ނޯ-ޑިޔު ރިޕޯޓް) ބީލަމާއެކު ހުށަހަޅަންޖެހޭނެއެވެ. އަދި މި ލިޔުން ވާންވާނީ ބީލަން ހުޅުވާ ތާރީޚުގެ ކުރިޔަށް 10 (ދިހަ) ދުވަހަށްވުރެ އިތުރުނޫން ތާރީޚެއްގެ ލިޔުމަކަށެވެ.
8. ޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި -/30,000 (ތިރީސް ހާސް) ރުފިޔާ ހުށަހަޅަންޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 118 ދުވަހެވެ.
9. މި ޕްރޮޖެކްޓްގެ ޕްރީ-ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ 09 ޑިސެންބަރު 2015 ވާ ބުދަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ.
10. ބިޑް ހުޅުވުން އޮންނާނީ 29 ޑިސެންބަރު 2015 ވާ އަންގާރަ ދުވަހުގެ 11:00ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ އިވެލުއޭޝަން ސެކްޝަންގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.
11. މި އިޢުލާން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.