މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ޑްރައިވަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ސީ އެމްބިއުލަންސްގެ ޚިދުމަތް ފޯރުކޮށްދިނުމަށް، ކޮންޓްރެކްޓް އުޞޫލުން މަސައްކަތް ކުރުމަށްޓަކައި، ތިރީގައިމިވާ މަޤާމަށް މީހުން ބޭނުންވެއެވެ.

މަޤާމު:

ޑްރައިވަރ

މީހުން ބޭނުންވާ ރަށްތައް:

ހއ. ދިއްދޫ،  ހދ. ކުޅުދުއްފުށި،  ހދ. މަކުނުދޫ،  އއ. ރަސްދޫ،  ވ. ފެލިދޫ،  މ. މުލި، ގއ. ވިލިނގިލި،  ގދ. ތިނަދޫ، ސ. ހުޅުމީދޫ

ބޭނުންވާ އަދަދު:

ކޮންމެ ރަށަކަށް 1

ކޮންޓްރެކްޓްގެ މުއްދަތު:

6 (ހައެއް) މަސްދުވަސް

މުސާރަ:

(މަހަކު) -/5020 ރުފިޔާ  

ސަރވިސް އެލަވަންސް:

(މަހަކު) -/2000 ރުފިޔާ

 

އެހެނިހެން އެލަވަންސާއި އުޖޫރަ:

ސްޕެޝަލް ޑިއުޓީ އެލަވަންސަށް މަހަކު -/1757 ރުފިޔާއާއި، ޔުނީފޯމް އެލަވަންސަށް މަހަކު -/100 ރުފިޔާ ލިބޭނެއެވެ. (މުސާރައާއި، ސަރވިސް އެލަވަންސާއި، ސްޕެޝަލް ޑިއުޓީ އެލަވަންސާއި، ޔުނީފޯމް އެލަވަންސަށް މުޅި ޖުމްލަ މަހަކު -/8877 ރުފިޔާ ލިބޭނެއެވެ.) މީގެ އިތުރުން،  ހާޑްޝިޕް އެލަވަންސްގެގޮތުގައި، މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް -/20 ރުފިޔާއާއި،  ޝިފްޓް ޑިއުޓީ އެލަވަންސާއި، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

ފެންވަރު ނުވަތަ ޝަރުޠު:

 

1- ނެވިގޭޝަންގެ ދާއިރާއިން ކޯސްޓަލް ނެވިގޭޝަން ކޯހެއް ފުރިހަމަކޮށްފައިވުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދޫކުރާ ކަނޑުގައިދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ކެޓަގަރީން އޭ، ބީ، ސީ ލައިސަންސް ލިބިފައިވުން.

2- ޕެޓްރޯލް އަދި ޑީސަލް އިންޖީނުއެޅި ހައިސްޕީޑް ލޯންޗް ދުއްވުމުގެ ލައިސަންސް ލިބިފައިވުމާއެކު، މިފަދަ އުޅަނދުފަހަރު ދުއްވުމުގެ 2 އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުމާއި، ގިނަވަގުތު ކަނޑުމަތީގެ މަސައްކަތުގައި އުޅެވޭނެފަދަ ޞިއްޙަތެއްހުރި މީހަކުކަމުގައިވުން.

ވަޒީފާގެމައިގަނޑު މަސައްކަތާއި މަސްއޫލިއްޔަތު

ސީ އެމްބިއުލަންސްގެ ކެޕްޓަނެއްގެގޮތުން، ބަލިމީހުންނާއި ޞިއްޙީ ފަންނުވެރިން، އެއްރަށުން އަނެއްރަށަށް ރައްކާތެރިކަމާއެކު އުފުލުން.

އާންމުކޮށް މަސައްކަތް ކުރަންޖޭ ތަން:

ސީ އެމްބިއުލަންސް އޮންނަ ސަރަހައްދެއްގައި.

ސުންގަޑި:

 

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ގުޅޭނެ ފޯނު ނަންބަރު ޖަހާފައި، 2015 ޑިސެންބަރު  1 ވާ އަންގާރަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން، މި މިނިސްޓްރީއަށް ނުވަތަ އެރަށެއް ހިމެނޭ ރަށު ކައުންސިލްގެ އިދާރާއަށް ސިޓީ ފޮނުވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ހޯދުމަށް 3342967 ނަންބަރު ފޯނަށް ނުވަތަ 9708060 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

6 ޞަފަރު 1437

18 ނޮވެންބަރު 2015
ހޯދާ