ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކުންފުނީގެ، ތިރީގައިމިވާ މަޤާމްތަކަށް އެއްއަހަރުދުވަހުގެ ކޮންޓްރެކްޓަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަސައްކަތްކުރާ ތަން

އަސާސީ މުސާރަ

އަދަދު

މަޤާމް

ކޮންސްޓްރަކްޝަން މެޓީރިއަލް ވެއަރ ހައުސް

-/3،380 ރުފިޔާއާއި -/5،000 ރުފިޔާއާ ދެމެދުގެ އަދަދެއް

6 (ހައެއް)

ޑްރައިވަރ

-/3،240 ރުފިޔާ

6 (ހައެއް)

ލޭބަރ

-/3،500 ރުފިޔާ

3 (ތިނެއް)

ފޯމަން

-/5،610 ރުފިޔާ

1 (އެކެއް)

ސުޕަވައިޒަރ (ޓެކްނިކަލް)

-/5،610 ރުފިޔާ

1 (އެކެއް)

ސުޕަވައިޒަރ (ކަސްޓަމަރ ރިލޭޝަންސް)

1. ޑްރައިވަރ

މަޤާމުގެ މަސްއޫލިއްޔަތު:

  • ކަސްޓަމަރުންގެ ސައިޓްތަކަށް ރެޑީ މިކްސް އޯޑަރުތައް ޑެލިވަރ ކުރުން.
  • ދުއްވާ ވެހިކަލް ސާފުކޮށް ބެލެހެއްޓުން.
  • ހަވާލުކުރެވޭ އެހެނިހެން އިދާރީ މަސައްކަތްތައް ކުރުން.

ތަޢުލީމީ ތަޖުރިބާ:

  • "ސީ 0" އަދި އޮޕަރޭޓަރ "D" ކެޓަގަރީ ޑްރައިވިންގ ލައިސަންސް އޮތުން.
  • ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭ މީހަކަށްވުން.

2. ލޭބަރ

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންސްޓްރަކްޝަން މެޓީރިއަލް ވެއަރ ހައުސްއިން އެއްތަނުން އަނެއްތަނަން މުދާ ފޯރުކޮށްދިނުން.
  • ކަސްޓަމަރުންގެ އޯޑަރަށް މުދާ ފޯރުކޮށްދިނުން.
  • ވެހިކަލް އާއި ވެއަރ ހައުސް ސާފުކޮށް ބެލެއްހެއްޓުން.
  • ވެއަރ ހައުސްއިން އަންގާ އެހެނިހެން މަސައްކަތްތައް ކުރުން.

ތަޢުލީމީ ތަޖުރިބާ:

  • އަސާސީ ތަޢުލީމް ފުރިހަމަކޮށްފައިވުން.
  • ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

3. ފޯމަން

މަޤާމުގެ މަސްއޫލިއްޔަތު:

  • ވެއަރހައުސްއިން މުދާ ޑިސްޗާޖް ކުރުމާއި، އަންލޯޑްކުރުން.    
  • މުދާ ޑެލިވަރކުރުމުގެ މަސައްކަތް ކުރުން.
  • ލޭބަރުންގެ މަސައްކަތް ސުޕަވައިޒްކުރުން.
  • އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ތަޢުލީމީ ތަޖުރިބާ:

  • ލިޔަން ކިޔަން އެނގުން.
  • ޞިއްޙަތު ރަނގަޅު، ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކުކަމުގައިވުން.

4. ސުޕަވައިޒަރ (ޓެކްނިކަލް) ޕާޓް ޓައިމް

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންކްރިޓް ރެޑީ މިކްސް ޕްރޮޖެކްޓްގައި ޓެކްނިކަލްގޮތުން ބަލަންޖެހޭ ކަންތައް ސުޕަވައިޒްކުރުން.
  • ރެޑީ މިކްސް ކޮންކްރީޓްގެ ކޮލެޓީ ބަލައި، ރަނގަޅު ފެންވަރުގައި ކޮލެޓީ ހިފެހެއްޓުމަށް މަސައްކަތް ކުރުން.
  • އޮފީހުން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ތަޢުލީމީ ތަޖުރިބާ:

  • ސިވިލް އިންޖިނިއަރިންގގެ ދާއިދާއިން ޑިޕްލޮމާ ފުރިހަމަކޮށްފައިވުން.
  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހާއި 5 އަހަރު ދުވަހާ ދެމެދުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

5. ސުޕަވައިޒަރ (ކަސްޓަމަރ ރިލޭޝަންސް)

މަޤާމުގެ މަސްއޫލިއްޔަތު:

  • ކޮންސްޓްރަކްޝަން މެޓީރިއަލް (ރެޑީ މިކްސް) އާ ގުޅިގެން އަންނަ ކަސްޓަމަރުންނަށް ލަފާދިނުން.
  • ކަސްޓަމަރުން ހުށަހަޅާ މައްސަލަތަކަށް ޖަވާބުދާރީވުން.
  • ވިޔަފާރިއާ ގުޅިގެން ހިނގާ މުއާމަލާތްތަކުގެ ރެކޯޑް ބެލެހެއްޓުން.
  • ފެންވަރު ރަނގަޅު ޚިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށްޓަކައި މުވައްޒަފުން ތަމްރީންކުރުން.

ތަޢުލީމީ ތަޖުރިބާ:

  • މަޤާމަ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ހާސިލްކޮށްފައިވުން.
  • މަޤާމާ ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހާއި 5 އަހަރު ދުވަހާ ދެމެދުގެ މަސައްކަތު ތަޖުރިބާ ލިބިފައިވާ ފަރާތަކަށް އިސްކަންދެވޭނެއެވެ.

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: 1500.00 ރުފިޔާއާއި 2500.00 ރުފިޔާއާ ދެމެދުގެ އަދަދެއް، ވަޒީފާގެ މަސްއޫލިއްޔަތާ ގުޅޭގޮތައް ހަޖައްސައިދެވޭނެ.

* އިތުރުގަޑީގައްޔާއި، ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ، ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެ.

* މަތީ ތަޢުލީމު ހާސިލުކޮށްފައިވާނަމަ، ހަމަޖެހިފައިވާ ޢުސޫލުން ޓެކްނިކަލް ނުވަތަ ޕްރޮފެޝަނަލް އެލަވަންސް ލިބޭނެ.

* ހަމަޖެހިފައިވާ އުސޫލުން އެޓެންޑެންސް އެލަވަންސް ލިބޭނެ.

* ޕެންޝަން

* މެޑިކަލް އިންޝުއަރެންސް (ޕްރޮބޭޝަނަށްފަހު)

ސުންގަޑި:

- މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2015 ޑިސެންބަރު 2 ގެ 12:30 ގެ ކުރިން، އެސް. ޓީ. އޯ. ގެ ވަޒީފާއަށް އެދޭ ފޯމާއެކު، ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

އެޕްލިކޭޝަން ފޯމު މި ކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އެސް. ޓީ. އޯ. ގެ http://www.stomaldives.com/downloads ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ.

ނޯޓް:

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއެކުގައެވެ.)
  • މި މަޤާމަށް މުވައްޒަފުން ހޮވާނީ، ތަޢުލީމީ ސެޓްފިކެޓްތަކާއި، މަސައްކަތުގެ ތަޖުރިބާއާއި، އިންޓަވިއުއަށް ބަލައިގެން، އެންމެ މަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަވިއުއަށް ކިޔޭނީ، ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި، ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް:

ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344261 އީމެއިލް އެޑްރެސް: [email protected]

12 ޞަފަރު 1437

24 ނޮވެންބަރު 2015
ހޯދާ