ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ
ބޭނުންވާ އަދަދު: 1 (އެކެއް)
ވަޒީފާ އޮތް އޮފީސް: ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓް
މަޤާމުގެ ގިންތި: ދާއިމީ
ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން: ހަޔަރ އެޑިއުކޭޝަން ރިވިއު ސެކްޝަން، ޕްރައިވެޓް އިންސްޓިޓިއުޓް ރިވިއު ޔުނިޓް، މާލެ
ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
1- ރާއްޖޭގައި ހިންގާ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތަޢުލީމާ ތަމްރީނުދޭ މަރުކަޒުތަކާއި، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ހިނގާ ނުހިނގާގޮތް ބަލައި މޮނިޓަރކުރުން.
2- ރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދޭ މަރުކަޒުތަކާއި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގައި ކިޔަވައިދޭ ކޯސްތަކާއި ޕްރޮގަގްރާމްތަކުގެ ފެންވަރު ބަލައި، ވަޒަންކޮށް، ފެންވަރު ހިފެހެއްޓުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.
3-ރާއްޖޭގައި ހިންގާ މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާއި، މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުންދޭ ތަޢުލީމާއި ތަމްރީނުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ބަލަންޖެހޭ ބެލުންތައް ރަނގަޅު އިންތިޒާމެއްގެދަށުން ބަލަމުން ގެންދިޔުމާއެކު، ދެވޭ ތަޢުލީމާއި ތަމްރީންތަކުގެ ފޭރާން ހެޔޮކަން ކަށަވަރުކުރުން.
4- ރާއްޖެއިން ބޭރުން ސްކޫލް ތަޢުލީމާއި މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ޢާއްމުކޮށް ދިވެހިންދާ މަރުކަޒުތަކުގެ ފެންވަރާ ގުޅޭ މަޢުލޫމާތު އާންމުކުރުން.
މަޤާމުގެ ޝަރުޠު:
މަޤާމް |
|
ކްލެސިފިކޭޝަން |
ޝަރުޠު |
މަޤާމުގެ އަސާސީ މުސާރަ |
ސަރވިސް އެލަވަންސް |
|
EX1 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 6 |
ޓީޗިންގ ސަރވިސް އޮފިސަރ 6 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
8835 |
3500 |
EX2 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 7 |
ޓީޗިންގ ސަރވިސް އޮފިސަރ 7 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
9890 |
||
EX3 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 8 |
ޓީޗިންގ ސަރވިސް އޮފިސަރ 8 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން. |
11065 |
||
EX4 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 9 |
ޓީޗިންގ ސަރވިސް އޮފިސަރ 9 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
12400 |
||
EX5 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 10 |
ޓީޗިންގ ސަރވިސް އޮފިސަރ 10 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
13890 |
||
EX6 |
އެޑިޔުކޭޝަން ޑިވެލޮޕްމަންޓް އޮފިސަރ 11 |
ޓީޗިންގ ސަރވިސް އޮފިސަރ 11 ގެ ޝަރުޠު ހަމަވުމާއެކު، ޓީޗަރެއްގެ މަޤާމުގައި މަދުވެގެން 2 އަހަރު ދުވަހު އުޅެ، ތަޖުރިބާ ލިބިފައިވުން. |
15560 |
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހ. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ށ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
ނ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.
ރ. މީގެ އިތުރުން، ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލޭނެއެވެ.
އިންޓަވިއު ކުރުން:
ހ. މި މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއު ކުރުން އޮންނާނީ، 9 ޑިސެންބަރު 2015 އާއި 24 ޑިސެންބަރު 2015 އާ ދެމެދުގެ ތާރީޚެއްގައެވެ.
ށ. އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)
ށ- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
ރ- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ބ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގައިވާ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
ތަކެތި ހުށަހަޅަންޖެހޭ އޮފީހާއި، ތާރީޚު:
- މި ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަން / ހ. ވެލާނާގޭގެ 8 ވަނަ ފަންގިފިލާގެ ކައުންޓަރަށް.
- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 ޑިސެންބަރު 8 ވަނަ ދުވަހުގެ 13:30 އެވެ.
ނޯޓް:
- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަވިއު ކުރުމަށްފަހު، އޭގެ ތެރެއިން އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ.
- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި މިނިސްޓްރީގެ 3341427 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
14 ޞަފަރު 1437