މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އިންޓަރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑުގެ 2015 ވަނަ އަހަރުގެ އިންޓަރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމާބެހޭ

މިކޯޕަރޭޝަންގެ 2015 ވަނަ އަހަރުގެ އިންޓަރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާންގެ (އިޢުލާން: IUL)MHCL-COO/INDIV/2015/1000) މިކޯޕަރޭޝަނުން ދެއްވާފައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑް ހުށަހަޅައިފައިނުވުމުގެ ސަބަބުން އެ އިޢުލާން ބާޠިލު ކުރުމަށްފަހު، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާ އެއްގޮތަށް މި ކޯޕަރޭޝަންގެ 2015 ގެ އިންޓަރނަލް އޮޑިޓް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 30 ނޮވެންބަރު 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 3 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރުން އޮންނަ ދުވަހުގެ ކަނޑައެޅިފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރާ ފަރާތްތަކަށެވެ.  

12 ޞަފަރު 1437

ނޯޓް: ޙައްޖު ކޯޕަރޭޝަންގެ އޮފީސް އިމާރާތް ހުންނަނީ ޓެކްސް އެޕީލް ޓްރައިބިއުނަލް އޮފީހާ އިންވެގެންނެވެ. އިތުރު މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3011000 އަށެވެ.

24 ނޮވެންބަރު 2015
ހޯދާ