އަނގޮޅިތީމު ސްކޫލް
ދިވެހިރާއްޖެ
މަރާމާތުގެ މަސައްކަތާ ގުޅޭ

މި ސްކޫލުގެ ނަންބަރު GS125/2015/15ފ(10 ނޮވެންބަރު 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުޞަތު ހުޅުވާލަމެވެ.

1- ސްކޫލް މަލްޓިޕާޕޯސް ހޯލް އިމާރާތުގައި ކުލައާއި ދަވާދުލުން.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުމަށް ފުރުޞަތު އަރުވަމެވެ.

  • މަޢުލޫމާތު ދިނުން:

މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން 29 ނޮވެންބަރު 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ސްކޫލް އޮފީހަށް ދުރުވުމުން މަޢުލޫމާތު ސާފުކޮށްދެވޭނެއެވެ.

  • އަންދާސީހިސާބު ބަލައިގަތުމާއި، ކެނޑުން:

މިމަސައްކަތް ކޮށްދެއްވުމަށް ހުށަހަޅުއްވާ އަންދާސީހިސާބުތައް ބަލައިގަނެ ކެނޑުން އޮންނާނީ 3 ޑިސެންބަރު 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި ސްކޫލް އޮފީހުގައެވެ.

ހުށަހެޅޭ އަންދާސީހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. އަދި ސިޓީއުރައިގެ ބޭރުގައި، މަސައްކަތުގެ ނަން އެނގެން އޮންނަންވާނެއެވެ. މަޢުލޫމާތު ދޭ ގަޑީގައި މަޢުލޫމާތު ނެގޭނީ ހާޒިރުވާ ކޮންމެ ބޭފުޅަކަށްވެސް 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީކާޑު ގެންނަވަންވާނެއެވެ.

10 ޞަފަރު 1437  

22 ނޮވެންބަރު 2015
ހޯދާ