ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުޞަތު:
މަޤާމް: |
ސީނިއަރ ލީގަލް އޮފިސަރ |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން: |
ލީގަލް އެންޑް އެސެސްމަންޓް ސެކްޝަން |
މުސާރަ، ޢިނާޔަތްތަކާއެކު: |
މަހަކު : -/14,700 ރުފިޔާ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
- ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ ގުޅޭގޮތުން މެންބަރުންނަށް ޤާނޫނީ ލަފާދިނުމާއި، މައްސަލަތައް ހަލުވިކޮށް ފުރިހަމައަށް ބެލޭނެ އިންތިޒާމް ހަމަޖެއްސުން. - ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން މަޢުލޫމާތު ސާފުކުރަންޖެހޭ ފަރާތްތަކުން މަޢުލޫމާތު ސާފުކުރުމުގައި ޓްރައިބިއުނަލް އޮފިސަރުންނަށް އިރުޝާދުދިނުމާއި، އެކަންދަނީ ރަނގަޅަށްތޯ ބަލައި، މޮނިޓަރކުރުން. - މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމުގައި މެންބަރުންނަށް އެހީތެރިވެދިނުން. - ޓްރައިބިއުނަލްގެ ހަރަކާތްތަކާ ގުޅިގެން ޤާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިރާސާކޮށް، ޓްރައިބިއުނަލްގެ މައްސަލަތައް ބެލުމުގައްޔާއި، ޓްރައިބިއުނަލްގެ އެހެނިހެން ކަންކަން ޒަމާނާ އެއްގޮތަށް ހަލުވިކަމާއި ފުރިހަމަކަމާއެކު ކުރެވޭނޭގޮތުގެ ލަފަޔާއި އިރުޝާދު، ޓްރައިބިއުނަލްގެ މެންބަރުންނަށް ދިނުން. |
މަޤާމުގެ ޝަރުޠު: މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން / ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކޮށްފައިވުން. |
|
ހުށަހަޅަންޖެހޭ ތަކެތި:
|
|
ސުންގަޑި: - ވަޒީފާއަށް އެދޭ ފޯމު، މި ޓްރައިބިއުނަލުން ލިބެން ހުންނާނެއެވެ. އަދި މި ޓްރައިބިއުނަލްގެ www.tat.gov.mv ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑް ކުރެވެން ވެސް ހުންނާނެއެވެ. |
|
އިންޓަވިއު:މި މަޤާމަށް އިންޓަވިއުކުރުމަށް ދަޢުވަތު ދެވޭނީ، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅުކަމަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. |
12 ޞަފަރު 1437