މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް
ދިވެހިރާއްޖެ
"އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) – ސަސަކަވާ އެވޯޑު ފޮރ ޑިސެބިލިޓީ-އިންކްލޫސިވް ބިޒިނަސަސް އިން އޭޝިއާ އެންޑް ދަ ޕެސިޕިކް" އަށް ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

"އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކް (އެސްކެޕް) – ސަސަކަވާ އެވޯޑު ފޮރ ޑިސެބިލިޓީ-އިންކްލޫސިވް ބިޒިނަސަސް އިން އޭޝިއާ އެންޑް ދަ ޕެސިޕިކް" އަށް ނަން ހުށަހެޅުމަށް ފުރުޞަތު ހުޅުވާލުން

ސުރުޚީގައި ދަންނަވާފައިވާ އެވޯޑަށް ނަން ހުށަހެޅުމުގައި ދަޢުވަތު ވަނީ ހުޅުވާލެވިފައެވެ. މި އެވޯޑަކީ އެސްކެޕްއާއި ނިޕޮން ފައުންޑޭޝަން އަދި އޭޝިޔާ-ޕެސިޕިކް ޑިވެލޮޕްމަންޓް ސެންޓަރ އޮން ޑިސެބިލިޓީ (އޭ.ސީ.ޕީ.ޑީ) ގުޅިގެން ނޮވެމްބަރ 2012 ގައި އިފްތިތާޙުކުރެވުނު އެވޯޑެކެވެ. މި އެވޯޑުގެ މަޤްޞަދަކީ:

- ވިޔަފާރިކުރާ ފަރާތްތަކުން އެމީހުންގެ ވިޔަފާއީގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބޭނުންތަކަށް ބަލައި، އިސްކަންދޭ މިންވަރު އާންމުކޮށް އަގުވަޒަންކޮށް ރިވޯޑްކުރުން

- ވިޔަފާރިތަކުގައި ނުކުޅެދުންތެރިކަން ހުންނަ މީހުން ބައިވެރިކުރުމަށް ޕްރައިވެޓް ސެކްޓަރގައި ހުރި ފުރުޞަތުތަކާބެހޭގޮތުން ހޭލުންތެރިކަން އިތުރުކުރުން

- ޑިސެބިލިޓީ-އިންކްލޫސިވް ވިޔަފާރިތަކުގައި އޭޝިޔާ-ޕެސިޕިކް ލީޑަރޝިޕް ފުޅާކުރުން

މި އެވޯޑުގައި ބައިވެރިވުމަށް ތިރީގައިވާ ފަރާތްތަކަށް ނަންހުށަހެޅުމުގެ ފުރުޞަތު ލިބިގެންވެއެވެ.

  1. ބައިނަލްއަޤްވާމީ ފެންވަރުގައި މަސައްކަތްކުރާ ޑިސެބިލިޓީ-އިންކްލޫސިވް ވިޔަފާރި ކުންފުނިތައް
  2. ޤައުމީ ފެންވަރުގައި މަސައްކަތްކުރާ ޑިސެބިލިޓީ-އިންކްލޫސިވް ވިޔަފާރި ކުންފުނިތައް
  3. ޑިސެބިލިޓީ-އިންކްލޫސިވް ވިޔަފާރިތައް

ވީމާ މި އެވޯޑަށް ކުރިމަތިލެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 19 އޯގަސްޓް 2013 ވާ ހޯމަ ދުވަހުގެ ކުރިން www.di-business-award.com އަށް ޒިޔާރަތްކޮށް، އެޕްލިކޭޝަން ހުށަހެޅުމަށް ދަޢުވަތު އަރުވަމެވެ. އަދި އެޕްލިކޭޝަން ހުށަހަޅުއްވާނަމަ އެކަން މި މިނިސްޓްރީގެ މަޢުލޫމާތަށްޓަކައި މި މިނިސްޓްރީއަށް އެޕްލިކޭޝަންގެ ކޮޕީއެއް، ސިޓީއަކާއެކު ހުށަހެޅުއްވުން އެދެމެވެ.

16 ޖުލައި 2013
ހޯދާ